ރާއްޖޭގެ ރީތި ރިސޯޓެއް؛ ކޯވިޑް-19 އާއި ގުޅިގެން ހުއްޓިފައިވާ ރާއްޖޭގެ ފަތުރުވެރިކަން އަންނަ ޖުލައި މަހު އަލުން ހުޅުވާލުމަށް ވަނީ މަސައްކަތް ފަށާފައި
ރާއްޖޭގެ ރީތި ރިސޯޓެއް؛ ކޯވިޑް-19 އާއި ގުޅިގެން ހުއްޓިފައިވާ ރާއްޖޭގެ ފަތުރުވެރިކަން އަންނަ ޖުލައި މަހު އަލުން ހުޅުވާލުމަށް ވަނީ މަސައްކަތް ފަށާފައި
ރާއްޖޭގެ ފަތުރުވެރިކަން ޖުލައި މަހު ހުޅުވާލުމަށް ނިންމައި، ރާއްޖެ އިޝްތިހާރު ކުރުމަށް "މޯލްޑިވްސް: ދަ ސަން ވިލް ޝައިން އެގެއިން" ގެ ނަމުގައި މިހާރު ފަށާފައިވާ މީޑިއާ ކެމްޕޭނުގައި ސްޕެއިންގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ސެލްޓާ ވީގޯއިން ބައިވެރިވެއްޖެއެވެ.

މިކެމްޕެއިންގައި ސްޕެއިންގެ ސެލްޓާ ވީގޯއިން ވަނީ އެ ކުލަބުގެ އެންމެ މަގްބޫލު ކުޅުންތެރިން ބޭނުންކޮށްގެން ރާއްޖެއަށް މާ އަލިގަދަ އިރެއް އަރާނެ ކަމަށް ބުނެ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަންއުޅޭ ކަމުގެ މެސެޖުތަކެއް ދީފައެވެ. ބައިނަލްއަޤްވާމީ ފުޓުބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ، އިއާގޯ އަސްޕަސްއާއި، ބާސެލޯނާއިން ލޯނު އެއްބަސްވުމުގެ ދަށުން އެ ޓީމަށް ކުޅެމުން އަންނަ ރަފީނާ އަލަކަންޓްރާއާއި، ޑެނިސް ސުއަރޭޒްގެ އިތުރުން ފިޔޮޑޯރ ސްމޮލޮވް ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ހިންގާ މި ކެމްޕޭންގައި ބައިވެރިވެ ރާއްޖެއަށް މާ އަލިގަދަ އިރެއް އަރަން އުޅޭ ކަމަށް ބުނާ ވީޑިއޯ މެސެޖު ދިނުމުގައި ބައިވެރިވެފައެވެ.



ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ކެމްޕޭނުގެ ދަށުން މިދިޔަ ހޯމަ ދުވަހުގެ ރޭ ފަތުރުވެރިކަމުގެ ވުޒާރާއިން ފޭސްބުކް ލައިވްކޮށް ކުރިއަށް ގެންދިޔަ ހަރަކާތަށް ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. މި ކެމްޕޭން އެކި ގޮތްގޮތުން، 1.2 މިލިއަނެއްހާ މީހުންނާ ހިސާބަށް ފޯރުކޮށްދެވިފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ) އިން ވަނީ ބުނެފައެވެ. މި ކެންޕޭނުގެ ދަށުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ޢަލީ ވަހީދު، ފަތުރުވެރިން ދަބަސް ޕެކްކޮށް ރާއްޖެ އައުމަށް ދަޢުވަތުދޭ ވީޑިއޯ އެއްވެސް ވަނީ ޢާއްމުކޮށްފައެވެ.

ރާއްޖެ އިން ސެލްޓަ ވީގޯއާ ދެމެދު ސްޕޮންސާޝިޕް ހެދުމަށް އެއްބަސްވެފައި ވަނީ އަހަރަކު 900،000 އެމެރިކާ ޑޮލަރަށެވެ. އަހަރުން އަހަރަށް އެގްރީމެންޓަށް ބަދަލު ގެނެވޭ ގޮތަށް ހަދާފައިވާ މި އެއްބަސްވުމާއެކު ރާއްޖެއިން ތިން އަހަރުގެ ތެރޭގައި ސެލްޓް ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމާއި އެ ޓީމުން ބޭނުން ކުރާ ޕްރޮޕެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިން ވެސް ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރާނެ އެވެ. މި އެއްބަސްވުމަށް ތިން އަހަރު ތެރޭގައި ރާއްޖެ އިން 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން