ގާނޫނު ތަކުގައި އިސްލާމްދީނަށް ދީފައި އޮންނަ އިސްކަން ދަމަހައްޓަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރިއަށް ގެންދާ ފުލުހުންގެ ބިލްގައި އިސްލާމްދީން ހިމާޔަތް ކުރުމުގެ ބައި އުނިކޮށް އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގެ ވާހަކަ ގެނަސްފައިވާތީ، ބައެއް ފަރާތްތަކުން އެކަން ފާހަގަކޮށް މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަން ވަނީ ފަށާފައެވެ.
އެކަމަށް އިޝާރަތްކުރައްވައި އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނަށް ދީފައި އޮންނަ މަތިވެރިކަމާއި އައުދާނަކަން ދިވެހި ދައުލަތުން ދަމަހައްޓަންޖެހޭ ކަމަށެވެ. އެގޮތުން ގާނޫނު ތަކުގައި އިސްލާމްދީނަށް ދީފައި އޮންނަ އިސްކަންވެސް ދަމަހައްޓަން ޖެހޭ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
"އެހަަމަތަކުގެ އިސްކަން ފަސްވެގެންދިޔުމަކީ ނެތިވެެގެންދިޔުމުގެ ފެށުން" ފުލުހުންގެ ބިލްގައި އިސްލާމްދީން ހިމާޔަތް ކުރުމުގެ ވާހަކައިގެ ކުރިން އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގެ ވާހަކަ އައިސްފައި ވާތީ އެކަމަށް އިޝާރަތް ކުރައްވަމުން ޝަހީމް ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުންގެ ބިލްގައި ފުލުހުންގެ ހުވާގައި ބުނެފައި އޮންނަނީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް، ދިވެހި ފުލުހެއްގެ މަޤާމުގައި ހުރެ ޚިދުމަތްކުރާނީ، އިންސާނީ ޙައްޤު ހިމާޔަތްކޮށް ކުރިއެރުވުމުގައި އިސްނަގާ މަސައްކަތްކުރާ މީހެއްގެ ހައިސިއްތުން ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމަށް ނުވަތަ ވަކި މީހަކަށް ގެއްލުމެއް ދިނުމަށް ވިސްނުމެއްނެތި، އިސްލާމްދީނާއި ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ޙުކުމްތައް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ނެގެހެއްޓުމަށާއި އަމަން ޤާއިމުކުރުމަށް" ކަމަށެވެ. ކޮންމެ ޙާލަތަކާ ކުރިމަތިވިކަމުގައި ވީނަމަވެސް، ފުލުހެއްގެ މަޤާމު އަދާކުރާނީ، އެގޮތުގައިހުރެކަމަށް މާތް ﷲ ގަންދީ ހުވާކޮށް، އެކަން އެގޮތުގައި ކުރުންމަތީ ދެމިހުރުމަށް އެކަލާނގެ ޙަޟްރަތުން ވާގި އެދޭކަމަށް، ހުވާގައިވެއެވެ.
2008 ވަނަ އަހަރުން ފެށިގެން މިހާރު ވެސް ފުލުހުން އަމަލު ކުރަމުން އަންނަ ފުލުހުންގެ ޤާނޫނުގައި އޮންނަ ފުލުހުންގެ ހުވާފައި އެންމެ ފުރަތަމަ ކަމަކަަށް އޮންނަނީ އިސްލާމްދީން ހިމާޔަތް ކުރުމުގެ ވާހަކަ ކަން ފާހަގަކޮށްލެވެއެވެ. އެ ހުވާގައި އޮންނަނީ، "އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ޙިމާޔަތްކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ދެމި ހުރުމަށާއި ދިވެހި ޤައުމުގެ އަމަންއަމާންކަމާއި ސުލްޙަމަސަލަސްކަން ދަމަހައްޓާ، ދިވެހި ދައުލަތާއި ވެރިންނާއި، ރައްޔިތުންނާއި މުދާ ޙިމާޔަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވުމަށް ކެރިހުރެ، މާތް ﷲ ގަންދީ ހުވާކުރަމެވެ." މިފަދައިންނެވެ.

ކިޔުންތެރިންގެ ހިޔާލު