ރައީސް ޞާލިޙަށްވުރެ ކެތްތެރި އެހެން ލީޑަރެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީގެ މަޤާމުގައި ހުންނެވި އަޙްމަދު ޢަބްދުالله މިއަދު ވިދާޅުވީ ސިޔާސީގޮތުން މިހާ ހަލަބޮލި އަދި ޚިޔާލުތަފާތުވުން ބޮޑު ދުވަސްވަރެއްގައި ރައީސް ޞާލިޙަށްވުރެ ކެތްތެރި އެހެން ލީޑަރެއް 2023 ގެ ރިޔާސީ ރޭހުގައި ވާދަކުރުމަށް ނެތް ކަމަށެވެ.
އަޙްމަދު ވިދާޅުވީ ރައީސް ޞާލިޙް މަސައްކަތް ކުރަށްވަމުން ގެންދަވަނީ ސިޔާސީ ހަލަބޮލިކަމާއެކުވެސް ޒާތީ ޙަސަދައިގެ ތެރޭގައި ބަދަލު ހިފުމެއްނެތި ކެތްތެރިކަމާ އެކުގައި ކަމަށެވެ. އަދި 2023ގައި ރައީސް ކަމަށް އެންމެ ރަނގަޅު ޗޮއިސް އަކީ ރައީސް ޞާލިޙް ކަމަށް އަޙްމަދު ވިދާޅުވިއެވެ.
"ރައީސް ޞާލިޙްގެ އެކެތްތެރިކަންހުރި އެހެން ލީޑަރެއް ނުފެނޭ. 2023 އަށް އެންމެ ރަނގަޅު ޗޮއިސް." އަޙްމަދު ޢަބްދުالله ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ އިސްބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އަޙްމަދު ޢަބްދުالله ވިދާޅުވެފައިވަނީ، އެއްވެސްކަމެއް އޭގެ އަސްލު އޮޅުވާލާ ސިޔާސީ ހަތިޔާރަކަށް ހެދުމުން ލިބޭ މޮޅެއް ނޯންނަކަމަށެވެ.
އޭގެއިތުރުން ޤައުމުގެ ކަންކަން ރައްޔިތުންގެ މަސްލަޙަތާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ކުރަށްވާ މަސައްކަތްޕުޅުގެ ނަތީޖާދަނީ ފެންނަމުން ކަމަށްވެސް މެންބަރު އަޙްމަދު ޢަބްދުالله ވިދާޅުވެފައިވެއެވެ.
އަހުމަދު މިމޭރުމުން ވިދާޅުވެފައި މިވަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ފަޅާއަރައި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ފުލުހުން ހައްޔަރު ކުރުމުން އެކަމާ ނުރުހުންވެ ވަޑައިގެން ރައީސް ޞާލިޙުގެ އިސްތަށިފުޅުގައި އެއްވެސް ހަގީގަތެއް ނެތް ބޮޑެތި ބަދުނާމުތަކެއް އަޅުވައި މުޅި ޕާޓީތެރޭގައި ނުތަނަވަސްކަން އުފައްދަމުން ގެންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު