ފުލުހުންގެ ބިލަކީ ރާއްޖޭގެ ޤަޥުމިއްޔަތު، ލާދީނިއްޔަތަށް އަނބުރައިލުމަށް ކަޅިކުރެވޭ މަންތަރެއްކަމުގައި ސަލަފް ޖަމިއްޔާގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރުމަށް މަސައްކަތް ކުރަމުން ގެންދާ ފުލުހުންގެ ބިލްގައި، ފުލުހުންގެ ހުވާ އިބާރާތް ކޮށްފައި އޮތް ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި ސަލަފް ޖަމިއްޔާގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވީ ފުލުހުންގެ މަސްއޫލިއްޔަތާއި ވާޖިބުތައް ކަނޑައެޅިގެންދާނޭގޮތަށް، ސަރުކާރުގެ ފަރާތުން ހެންވޭރުހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފް ހުށައަޅުއްވާފައިވާ އައުބިލަކީ ރާއްޖޭގެ ޤައުމިއްޔަތު، ލާދީނިއްޔަތަށް އަނބުރައިލުމަށް ކަޅިކުރެވޭ މަންތަރެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރިއަށް ގެންދާ ފުލުހުންގެ ބިލްގައި އިސްލާމްދީން ހިމާޔަތް ކުރުމުގެ ވާހަކައިގެ ކުރިން އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގެ ވާހަކަ ގެންނާތީ، ބައެއް ފަރާތްތަކުން އެކަން ފާހަގަކޮށް މީސް މީޑިއާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިހާރު އަމަލުކުރާ ގާނޫނުގައި ފުލުހުންގެ ހުވާގައި އޮންނަނީ "އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ޙިމާޔަތްކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ދެމި ހުރުމަށާއި ދިވެހި ޤައުމުގެ އަމަންއަމާންކަމާއި ސުލްޙަމަސަލަސްކަން ދަމަހައްޓާ، ދިވެހި ދައުލަތާއި ވެރިންނާއި، ރައްޔިތުންނާއި މުދާ ޙިމާޔަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވުމަށް ކެރިހުރެ، މާތް ﷲ ގަންދީ ހުވާކުރަމެވެ." މިފަދައިންނެވެ.
އެހެން ނަމަވެސް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ބިލްގައި ފުލުހުންގެ ހުވާގައި ބުނެފައި އޮންނަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް، ދިވެހި ފުލުހެއްގެ މަޤާމުގައި ހުރެ ޚިދުމަތްކުރާނީ، އިންސާނީ ޙައްޤު ހިމާޔަތްކޮށް ކުރިއެރުވުމުގައި އިސްނަގާ މަސައްކަތްކުރާ މީހެއްގެ ހައިސިއްތުން ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމަށް ނުވަތަ ވަކި މީހަކަށް ގެއްލުމެއް ދިނުމަށް ވިސްނުމެއްނެތި، އިސްލާމްދީނާއި ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ޙުކުމްތައް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ނެގެހެއްޓުމަށާއި އަމަން ޤާއިމުކުރުމަށް ކަމަށެވެ. ކޮންމެ ޙާލަތަކާ ކުރިމަތިވިކަމުގައި ވީނަމަވެސް، ފުލުހެއްގެ މަޤާމު އަދާކުރާނީ، އެގޮތުގައިހުރެކަމަށް މާތް ﷲ ގަންދީ ހުވާކޮށް، އެކަން އެގޮތުގައި ކުރުންމަތީ ދެމިހުރުމަށް އެކަލާނގެ ޙަޟްރަތުން އަހުރެން ވާގި އެދެމެވެ." މިގޮތަށެވެ

ކިޔުންތެރިންގެ ހިޔާލު