ރާއްޖޭގައި ވިހެއުމުގެ ތެރޭގައި މާބަނޑު މީހެއްގެ 5 ކުއްޖަކު މަރުވެފައިވާތީ އެއީ އިހުމާލެއްގެ ގޮތުގައި ބަލައި އެކަން ތަހުގީގް ކުރުމަށް އެދި ޕީޕިއެމްގެ ނާއިބް ރައީސް ޣައްސާނު މައުމޫން، އަލިފުދާލުގެ ކުޑަކުދިންގެ ޖަމިއްޔާ ޔުނެސްކޯ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އަށް މިއަދު ގޮވާލައްވައިފިއެވެ.
ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާނު މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި، ރާއްޖޭގައި މީގެ އެތައް އަހަރެއްގެ ކުރިން ވިހެއުމުގައި މަރުވާ ކުދިންގެ އަދަދު މަދުކުރެވިފައިވަނިކޮށް ފަސްކުދިން ބަޑަށް މަރުވެ އަދި ވިހެއުމަށްފަހު ބައެއް ކުދިން މަރުވެފައިވާތީ އެއީ އިހުމާލެއްގެ ގޮތުގައި ބަލާ އެކަން ތަހުގީގް ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަށާއި، ޔުނެސްކޯ އަށް ގޮވާލައްވާފައެވެ.
"ރާއްޖޭގައި އިންފެކްޓް މޯޓަލިޓީ ރޭޓް ( ވިހެއުމުގެ ތެރޭގައި މަރުވާ ކުދިންގެ ރޭޓް) ހުރީ 8.6/1000 ގަ. ދެމަސް ތެރޭގައި ފަސްކުދިން މަރުވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް." ޣައްސާނު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެއެވެ.
ވޭތުވެ ދިޔަ ދެމަސް ދުވަސް ތެރޭގައި ފަސްކުއްޖަކު މަރުވެފައިވާއިރު ރޭވެސް ވަނީ މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވުމުގެ ހާދިސާއެއް ހިނގާފައެވެ.
ރާއްޖޭގައި ކުއްލިއަކަށް މިފަދަ ހާދިސާތައް އިތުރުވެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން މާލެއާއި އަތޮޅުތެރޭގެ ރަށްތައް ފުރަބަންދު ކުރުމުން އެކަށީގެންވާ ސިއްހީ ފަރުވާ ހޯދުމަށް ޒަމާނުއްސުރެ އަތޮޅުތެރޭގެ ރައްޔިތުން ރަނގަޅު ސިއްހީ ނިޒާމަށް ވާސިލުވުމަށް އެއްރަށުން އަނެއްރަށަށް ކުރަމުން ގެންދިޔަ ދަތުރު ތަކަށް ބުރޫއަރައި އެކަށީގެންވާ އަވަސް މިނުގައި ރަނގަޅު ސިއްހީ ނިޒާމަށް ވާސިލު ނުވެވުމުގެ ސަބަބުންނެވެ. މީގެއިތުރުން މާލެފުރަބަންދު ކުރުމުން އާންމުކޮށް އެކަށީގެންވާ ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް ދަތުރު ކުރަން ޖެހިފައިވާ އަތޮޅުތަކުގެ ރައްޔިތުންނަށް ވަނީ މާލެއަށް ދަތުރު ކުރުމުގައި ވަރަށް ބޮޑެތި ހުރަސްތައް ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު