ވ. އާރަށް ކުއްޔަށް ދިނުމާ ގުޅޭ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވާލު ކޮށްފިއެވެ.
ކުރިމިނަލް ކޯޓުން ބުނެފައިވަނީ މި އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 9:30 ގައި ކަމަށާ މި އަޑު އެހުން ޔޫޓިއުބު މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެ ކަމަށެވެ.
އާރަށުގެ މައްސަލާގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ދައުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައެވެ. މި މައްސަލާގައި މިހާރު ކުރިޔަށް ދަނީ ހެކިބަސް ނެގުމެވެ.
ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލު ކޮށްފައިވާއިރު، ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ވެސް މަނީލޯންޑާ ކުރެއްވިކަމުގެ ތުހުމަތުގައި ދައުލަތުންވަނީ އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު