ސިއްހީ ނިޒާމު ރަނގަޅުނުކޮށް އެހެން ކަމެއް މުހިއްމު ނުވާނެ ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން މިހެން ވިދާޅުވީ ރާއްޖޭގައި އިޢުލާން ކޮށްފައިވާ ލޮކްޑައުނާއި ގުޅިގެން މާބަނޑު އަންހެނުންގެ ބަނޑަށް ދަރިފުޅު މަރުވެ ސިއްހީ ނިޒާމަށް ވާސިލު ވުމުގައި މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އެންމެ ފަހުން މިފަދަ ހާދިސާއެއް ހިނގާފައިވަނީ ހއ. ބާރަށުގައެވެ. މިހާދިސާގައި މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވީ ހއ. ބާރަށުން ފުރައިގެން އެ އަތޮޅު ދިއްދުއަށް ދިއުމަށް ކުރި މަސައްކަތުގައި އާސަންދަ ލިބުމުގައި ދަތިތަކެއް ދިމާވެ ސިއްހީ ނިޒާމާއި ހަމައަށް ވާސިލުވުން ލަސްވެގެން ކަމަށް އާއިލާ އިން ތުހުމަތުކުރެއެވެ.
މީގެކުރިން ވެސް މިފަދަ ދެހާދިސާއެއް ލޮކްޑައުންގެ ތެރޭގައި ހިނގޭފައި ވެއެވެ.
އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަލާމަތް ކުރެވޭނެ އެތައް ފުރާނައެއް ގެއްލިދަނީ އަތޮޅު ހޮސްޕިޓަލްގައި ސްކޭނެއްގެ މިންވަރު ވެސް ހަދާލެވެން ނުހުންނާތީ ކަމަށެވެ. އަދި ސިއްހީ ނިޒާމު ރަނގަޅު ނުކޮށް، ދައުލަތަކުން ކުރަން ޖެހޭނެ އެހެން ވަކި މުހިންމު ކަމެއް އޮވެގެން ނުވާނެ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވެފައިވެއެެވެ.
ކޯވިޑް-19 އާއި ގުޅިގެން ރަށްތައް ފުރަބަންދުކޮށް، ރަށުން ފުރައިގެން ދިއުމުގައި ދަތިތައް ކުރިމަތި ވަމުންދިއުމާއި އެކަށީގެންވާ ސިއްހީ ނިޒާމަށް ވާސިލުވުމަށް ހުރަސްތައް ކުރިމަތުވުން ފަދަ ކަންކަމުގެ ސަބަބުން މާބަނޑު މީހުންގެ ބަނޑަށް ދަރިފުޅު މަރުވުމާއި، އަދި ވިހެއުމުގެ ތެރޭގައި ކުޑަކުދިން މަރުވަމުންދާ ހާދިސާތައް މިފަހަކަށް އައިސް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު