ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ހެކިބަހުގެ ގޮތުގައި ނަގާފައިވަނީ ފުލުހުންގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި ސީނިއަރ ފޮރެންސިކް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަހުމަދު ތައުސީމްގެ ހެކިބަހެވެ. އޭނާ ހާޟިރުކުރީ އޭނާ ތައްޔާރުކުރި ފުލުުހުންގެ ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓާއި ގުޅޭގޮތުން ސުވާލުކުރުމަށެވެ.
އޭނާ ތަހުލީލު ކޮށްފައިވަނީ ސުވާލު އުފެދިފައިވާ "ޓުވާރޑްސް މައި ޕޮލިޓިކަލް ކެމްޕޭން" އޭ ބަޔާންކޮށްފައިވާ ލިޔުމަކާއި އެ ލިޔުންތަކުގައި ހިމެނޭ ސޮއެވެ. ހެކިބަސްދެމުން އޭނާ ބުނެފައިވަނީ ތަހުލީލުކުރި ލިޔުމުގައި ހިމެނޭ އަތުލިޔުން ނަމޫނާ ލިޔުންތަކުގައި ހިމެނޭ އަތުލިޔުމާއި އެއްވެސް ޝައްކެއް ނެތި ޔަޤީންވާ ކަމަށެވެ.
ނަމަވެސް ރައީސް ޔާމީންގެ ވަކީލުން ވަނީ އެހެކީގެ ޗެއިން އޮފް ކަސްޓަޑީގައި އޮތް ތާރީޚުގެ މައްސަލަ ފެންމަތިކޮށްފައެވެ. އެގޮތުން އެ ލިޔުމުގައި ހެކި ހޯދި ތާރީޚެއް ކަމަށް އޮތީ 23 އޮގަސްޓް 2026 އެވެ. އެހެންކަމުން ޗެއިން އޮފް ކަސްޓަޑީ ފުރިހަމަނުވާކަމަށް ރައީސް ޔާމީންގެ ވަކީލުން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް ފުލުސް މީހާ ބުނެފައިވަނީ ލެބޯޓްރީއާ ހަމައަށް އެލިޔުންތައް ތަހުލީލު ކުރަން ގެނައީ ހުރިހާ އިޖްރައާތުތައް ފުރިހަމަވެގެން ކަމަށެވެ. އަދި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަނުވާނަމަ އެފަދަ ތަކެއްޗާ ޙަވާލުނުވާކަމަށްވެސް އޭނާ ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނީ ތާރީޚުގައި އޮޅުމެއް އޮތް ނަމަވެސް އޭނާ ކޮށްފައިވާ ތަޙުލީލުގެ ނަތީޖާގައި އޮޅުމެއް ނޯންނާނެ ކަމަށެވެ.
"ސާމްޕަލް ލިޔުންތަކާއި ތަހުލީލުކުރި ލިޔުމުގެ އަތުލިޔުން އެއްވެސް ޝައްކެއްނެތި ދިމާވޭ. ލިޔުމުގައި އޮތް ސޮޔަކީ ވެސް ފަސޭހައިން ފޯޖް ކުރެވޭ ފަދަ ސޮޔެއް ނޫން." ހެކިބަސް ދެމުން ފުލުސް އޮފިސަރު ބުނެފައިވެއެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލް ވިދާޅުވީ ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 4 އޯގަސްޓުގައި ކަމަށެވެ.
މި މައްސަލާގައި މިހާރު ކުރިއަށްގެންދާ ހެކިބަސްނެގުމުގެ މަރުޙަލާގައި މިހާތަނަށް ނަގާފައިވަނީ ތިން ހެކިވެރިއެއްގެ ހެކިބަހެވެ. އެއީ ހަތަރު އައިފޯނަކާއި ޕެންޑްރައިވްތަކެއް ތަހުލީލުކޮށް މޯބައިލް ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި އޮފިސަރަކާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަހެވެ. އޭގެ އިތުރުން ޓުއަރިޒަމް މިނިސްޓްރީގެ ލީގަލްބައިގައި ކުރިން މަސައްކަތް ކުރެއްވި ފަސީހް ޒާހިރު ކިޔާ ފަރާތެއްގެ ހެކިބަސްވެސް ނަގާފައިވެއެވެ.
ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީއާއި ޔޫސުފް ނައީމާއި ދެމެދު ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމުގެ އަތުން، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.
ފަޅުރަށެއްގެ ގޮތުގައި އޮތް ވ. އާރަށަކީ ކުރިން ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ރަށެކެވެ. ނަމަވެސް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެރަށް ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ކުންފުންޏަކަށް ދީފައެވެ. އަދި ޔޫސުފް ނައީމްގެ ކުންފުނިން ވަނީ އެރަށް ބޭރުގެ ކުންފުންޏަކަށް 1 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. މައްސަލަ އުފެދިގެން އުޅެނީ އެ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އެޗުއެސްބީސީގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެވެ.
މި މައްސަލާގައި ރައީސް ޔާމިނަށް މަނީލޯންޑަރިންގެ ދައުވާއެއް އުފުލާފައިވާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް މީގެކުރިން އިއްވި ހުކުމް ސުޕްރީން ކޯޓުން ވަނީ ބާތިލްކޮށްފައެވެ. އޭގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު