މާލެސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ސްޕެޝަލް ކޮންސްޓެބިއުލަރީ ޚިދުމަތް މިއަދު ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލެ އާއި ވިލިމާލެ މޮނިޓަރ ކުރުމަށްޓަކައި ދިވެހި ފުލުހުންނާއި މާލެ ސިޓީ ކައުންސިލާއި ދެމެދު ވެފައިވާ ސްޕެޝަލް ކޮންސްޓެބިއުލަރީ ސަރވިސް ޤާއިމުކުރުމުގެ އެއްބަސްވުމުގެ ދަށުން އެމަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

އެގޮތުން މި ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެ ފަހު ބްރީފިން ރޭވަނީ ދީފައެވެ. ސާޅީސް ފުލުހުންނާއިއެކު ފަށާ މި ޚިދުމަތް ދިނުމުގެ ގޮތުން މިދިޔަ ހަފްތާގައި ފެށި އޮރިއެންޓޭޝަން ސެޝަންތަށް ނިންމާލާ، އެންމެ ފަހުބައްދަލުވުން ބާއްވާފައިވަނީ ރޭ މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައެވެ.

މި ޚިދުމަތުގެ ދަށުން މަގުމަތީގައި އުޅޭމީހުންނަށް އުނދަގޫވެ ނުރައްކާވާގޮތަށް ހަދާ އިމާރާތްތަކާއި، އިމާރާތްތަކުގެ ޓެރަސް ފަދަ ތަންތަނާއި ބެލްކަނީތަކުގަޔާއި ގޭގޭގެ ފާރުމަތީގައި ތަކެތި ބެހެއްޓުން ހުއްޓުވާނެއެވެ. އަދި ރައްޔިތުންނަށް އުނދަގޫ ފޯރާގޮތަށް ޢާއްމު ތަންތަނުގައި ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމާއި، މާލޭ ސިޓީގެ ޕާކްތަކުގައި ކުރުން މަނާކަމެއް ކުރާނަމަ އެފަދަ ޢަމަލުތަކަށް ފިޔަވަޅު އަޅާނެެވެ.

މާލެސިޓީގެ މުނިސިޕަލް ހިދުމަތް ރަނގަޅު ކުރުމަށްޓަކައި "ސްޕެޝަލް ކޮންސްޓެބިއުލަރީ" ޚިދުމަތް ދިނުމަށްޓަކައި މާލެސިޓީ ކައުންސިލާއި ފުލުހުންނާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މިކަން އިފްތިތާޙް ކޮށްފައިވަނީ 19 ޖުލައިގައި މާލެ ސިޓީ ކައުންސިލުން ބޭއްވި 2022 ވަނަ އަހަރުގެ 2 ވަނަ ރައްޔިތުންގެ ބައްދަލުވުމުގައެވެ.

ކައުންސިލުން މިއަދު ވަނީ ކައުންސިލްގެ ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ދިނުމަށް ތަޢާރަފްކުރި "މާވެހި" ޕޯޓަލްގެ ޚިދުމަތާއި، "ގެދޮރުވެރިޔާ"އަދި"ބިންވެރިޔާ" ފޯމު ފުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުންމުގެ މަސައްކަތްވެސް ފަށައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން