އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރަށްވާނެ ކެނޑިޑޭޓުގެ ގޮތުގައި ކަނޑައަޅާފައިވާ ކުރީގެ ރައީސް ޢަބްދުالله ޔާމިން ޢަބްދުލްޤައްޔޫމަށް ރަސްމީކޮށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބާއްވާ ބޮޑު ޖަލްސާ މި މަހުގެ 19 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ.
އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓް ދިނުމަށް ޕީޕީއެމުން ނިންމާފައި ވަނީ މިދިޔަމަހުގެ 31 ވަނަ ދުވަހުގެރޭ ބޭއްވި ޕީޕީއެމްގެ ސެނެޓް ބައްދަލުވުމުގައެވެ. ޕީޕީއެމް ކޯލިޝަންގެ އެ ނިންމުން ރައީސް ޔާމީންވަނީ ޤަބޫލުފު ކުރަށްވާފައެވެ.
ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅުދައްކަވަމުން އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމިނަށް ޚާއްސަކޮށްގެން ޕާޓީގެ މެންބަރުން ބާއްވާ ބޮޑު ޖަލްސާއެއް މި މަހުގެ 19 ވަނަ ދުވަހުގައި އޮންނާނެ ކަމަށެވެ. އަދި އެ ޖަލްސާގައި ރައީސް ޔާމިނާއި ރަސްމީކޮށް ރިޔާސީ ޓިކެޓު ހަވާލުކުރާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވަނީ އެ ބައްދަލުވުމުގައި ރައީސް ޔާމީނަށް ތާޢީދު ކުރަށްވާ ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވުމަށް އެދިވަޑައިގެންފައެވެ. އަދި ރިޔާސީ އިންތިޚާބަށް ޕީޕީއެމްގައި އޮތީ އެންމެ ޕްލޭނެއް ކަމަށާއި އެއީ ރައީސް ޔާމިންގެ ޕްލޭން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅާފައިވާއިރު، މީގެ ކުރިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން އެމަނިކުފާނު ވަކި އެއްޗެއް ހާމަކުރަށްވާފައެއް ނުވެއެވެ.
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅާފައިވާއިރު، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ރައީސް ސާލިޙޫގެ އިތުރުން، ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ ރޭހުގައި ވާދަކުރައްވާނެކަން އިއުލާނު ކުރަށްވާފައެވެ.
ޖުމްހޫރީ ޕާޓީންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާއިރު، އެމްއެންޕީ އާއި އެމްޑީއޭއިންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ވަނީ އިއުލާންކޮށްފައެވެ. އަދި އެ ދެ ޕާޓީން ވަނީ ނުރަސްމީކޮށް ކެމްޕޭން ވެސް ފަށާފައެވެ.
ސިޔާސީ ޕާޓީތަކުގެ އިތުރުން އާއްމު ބައެއް ފަރުދުންވެސް ވަނީ 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު