މިމަހު އޮންނަ ރާއްޖޭގެ އެންމެ ބޮޑު ސިޔާސި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވާ ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހު ސޯޝަލް ސެންޓަރުގައި ކޮންގްރެސް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
އިބްރޭ ވިދާޅުވީ ސޯޝަލް ސެންޓަރު ހޯދުމަށް ޔޫތު މިނިސްޓްރީގައި މިހާރު އެދިފައިވާނެ ކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ކުރިއަށްދާނެ ކަންކަމުގެ ތެރޭގައި އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމާއި، ކުރިއަށް އޮތް ތަނުގައި އެމްޑީޕީން ހަރަކާތްތެރިވާނެ ގޮތުގެ ހުށަހެޅުންތައް ހުށަހެޅުން ހިމެނެއެވެ.
މީގެއިތުރުން ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާއި ގުޅޭ ހުށަހެޅުންތަކެއް ކޮންގްރެސްއަށް ހުށަހަޅުއްވާނެކަަމަށް އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަމާބެހޭ އިތުތު ތަފުސީލެއް ފަހުން ހާމަކޮށްފައެއް ނުވެއެވެ.
މިފަހަރުގެ ކޮންގްރެސްގައި އެންމެ ހޫނު ބަހުސެއް ހިނގާނެ ކަމަށް ބެލެވެނީ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމާއި މެދުގައެވެ. ޕާޓީގެ ފަރާތުން މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވަން ނިންމަވާފައި ވާތީ ޕްރައިމަރީއަކާއި ނުލައި ޕާޓީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް ދޭން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ވަކާލާތު ކުރާއިރު އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ޕާޓީގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާއި ނުލައި ދެވިގެން ނުވާނެއެވެ. މިބަހުސް މިހާރު މަޑުޖެހިފައިވަނީ ރައީސް ޞާލިހު ރިޔާސީ ޓިކެޓް ހޯއްދަވާނީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށް އެމަނިކުފާނުގެ ގާތް ބޭފުޅުން ވިދާޅުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު