އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ހައުސިން މިނިސްޓްރީ އުވާލައި އެމިނިސްޓްރީގެ މަސައްކަތްތަށް ޕުލޭނިންގ މިނިސްޓްރީގެ ދަށައް ބަދަލުކުރެއްވުމަށް ރައީސް ސޯލިހް މިއަދު ނިއްމެވި ނިއްމެވުމަކީ ވަރަށް ހިކުމަތްތެރި ނިއްމެވުމެއް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ަމަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރުގެ ހާލަތަށް ބައްލަވައި ހައުސިން މިނިސްޓްރީ އާއި ޕްލޭނިންގ މިނިސްޓްރީ އެއްކޮށްލައި ކެބިނެޓަށް އިތުރު ވަރީޒަކު ނުލެއްވުމަށް ރައީސް ސޯލިހް ނިއްމެވި ނިއްމެވުމަކީ ވަރަށް ހިކުމަތްތެރި ނިއްމެވުމެއް ކަމަށެވެ.

"އެހެން ނޫނީ ތިޔަ މިނިސްޓަރ ކަމާ ހެދި ލައްކަ ހިލުން ގަނޑެއް އައީސް." އެ މަގާމާއި ހެދި ދެބަސްވުންތަކެއް ހިނގާނެކަން ނުސީދާ ގޮތެއްގައި ހާމަކުރައްވަމުން ޝަރީފް ވިދާޅުވިއެވެ.

އައްޑޫ ޝަރީފު އެހެން ވިދާޅުވިއިރު ހައުސިން މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި އާމިނަތު އާތިފާ އަކީ އެމްއާރުއެމްގެ ސޮލެޓެއްގައި ވަޒީރު ކަމުގައި ހުންނެވި ބޭފުޅެކެވެ. އެކަމަނާ އިސްތިއުފާ ދެއްވުމުން ދެން އެމަގާމަށް އިސްކުރާނީ ވެސް ރައީސް މައުމޫންގެ އެމްއާރުއެމްގެ ބޭފުޅެއް ކަމަށް ކުރިން އޮތީ ބެލެވިފައެވެ.

އެހެން ނަމަވެސް މިނިސްޓްރީ އުވާލެއްވުމަށް ރައީސް ޞާލިޙް ނިއްމެވީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ އާތިފާ އިސްތިއުފާ ދެއްވުމުން މިނިސްޓްރީ އުވާލަން ރައީސް ނިންވެނީ އެ މަގާމަށް އެމްޑީޕީގެ ތެރޭގައި ވާދަވެރިކަން ބޮޑުވެގެން ކަމަށެވެ. އެގޮތުން މިހާރުގެ މާލޭގެ މޭޔަރ ޝިފާއަށް އެމަގާމު ދިނުމަށް އެމްޑީޕީގެ އިސް ވެރިންގެ ޝައުޤުވެރިކަން ހުރިކަމަށްވެސް ސޯޝަލް މީޑިއާގައި ޚަބަރުތައް ފެތުރުނެވެ. ހައުސިން މިިނިސްޓަރ ކަމުގެ މަގާމަށް ވަޑައިގަންނަވާނެ ބޭފުޅެއްގެ ބަހުސް އެމްޑީޕީ އާއި އެމްއާރުއެމް ތެރޭގައި ވެސް ކުރެވިފައިވާ ކަމަށް އެނގިފައި ވެއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރައްވަމުން ގެންދެވި އެންމެހައި މަސައްކަތްތައް ދެން ކުރައްވަމުން ގެންދަވާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރެއްވުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

އަހަތެން

12-Jun-2020

ޟިފާތީ ފިސާރި އަންހެނެއް! ނުކުރެވޭނެ ކަމަށް ގަބޫލުކުރާ އެއްކަމެއްވެސް ނުއޮވެ. ކަމެއް ހަވާލުކށްފިއްޔާ ކުރެވޭ އެއްކަމެއްވެސް ނޯވެ. އަމިއްލަ ފިރިމީހާ ހަލާކު ކށްލިހެން އެހުރީ މުޅި ގައުމު ހަލާކުގެ ތެރެއަށް ގެންދަން ވިއްދުނު އެއްޗެއް ވިއްދާލައިގެން!


4

ކިބޫ

12-Jun-2020

ދެންކެނެރީ މިނިސްޓަރީން ފުލެޓުދޭނީ ގައުމައް ޖެހިފަހުރިބޮޑުބަލާއެއް ތިވެލާނާވަގަކީ



ޓްރެންޑިން