ކުރީގެ ހައުސިން އެންޑް އާބަން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރު
ކުރީގެ ހައުސިން އެންޑް އާބަން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރު
ހައުސިން އެންޑް އާބަން މިނިސްޓަރުގެ މަގާމުން އާމިނަތު އާތިފާ ޝަކޫރު އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ގެއްލުމެއްގެ ގޮތުގައި ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިފަކުރައްވައިފިއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާތިފާއަކީ ހިތްވަރު ގަދަކަމާއި އިހުލާސްތެރިކަމުގެ ނަމޫނާއެއް ކަމަށާއި އެކަމަނާ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވީ ތެދުވެރިކަމާއެކުގައި ކަމަށެވެ. އަދި އާތިފާ އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އާތިފާ އަށް ފުރިހަމަ ސިއްހަތާއި އިތުރު ކުރިއެރުމާ ކާމިޔާބީ އަށް އެދެން." ރައީސް މައުމޫން ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރުގެ މަގާމުން އާތިފާ އިސްތިއުފާ ދެއްވާފައި ވަނީ އެކަމަނާގެ ސިއްހީ ހާލުކޮޅު ގޯސް ވެގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ. މިއަދު އާތިފާގެ އިސްތިއުފާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަބޫލުފުޅު ކުރައްވާފަ އެވެ.

އެއަށްފަހު ރައީސް ސޯލިހު ވަނީ ހައުސިން މިނިސްޓްރީ އުވާލައްވައި، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލު ކުރައްވާފަ އެވެ.

ހައުސިންގ މިނިސްޓްރީއަކީ މި ސަރުކާރުގައި އެމްއާރްއެމަށް ދީފައި އޮތް ސްލޮޓެކެވެ. އާ ހައުސިން މިނިސްޓަރުގެ މަގާމަށް ވެސް އައްޔަން ކުރައްވާނީ އެމްއާރްއެމްގެ ބޭފުޅެއް ކަމަށް ބެލެވުނު ނަމަވެސް ރައީސްގެ މިނިއްމެވުމާއިމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ތިމަންނަ

12-Jun-2020

ކޮންގޮތަކުން ކިހިނެތް ބާ ގައުމަށް ގެއްލުމަކަށް ވީ...



ޓްރެންޑިން