މާލެއިން ގޯތިދޭ މައްސަލާގައި މާލޭ މީހުނަށް ބަވާތީ، ޤާނޫނުގައި ބުނާ ޢަދަދަށް މެންބަރުން ހަމަނުވުމުން މިހާރު އުވާލާފައިވާ ސޯޝަލް ލިބަރަލް ޕާޓީގެ ލީޑަރ އިބްރާހިމް އިސްމާޢީލް (އިބްރާ) ރަތަށް އަރައިފިއެވެ.
މާލޭ ރައްޔިތުންނަށް މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާތީ އެމްޑީޕީގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެމްބަރުކަންވެސް ކުރެއްވި އިބްރާހިމް އިސްމާއިލް (އިބްރާ) މިއަދު ވަނީ އެފަރާތްތަކަށް ރައްދު ދެއްވާފައެވެ.
އިބްރާ ވިދާޅުވީ މާލޭ ރައްޔިތުން ނިކުމެ ހިއްކިބިމުން ރާއްޖެތެރޭ މީހުންނަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ގޯތި ދީފައިވާ ކަމަށެވެ. އެގޮތުން ބައެއް ގޯތިތަކުގެ ނަންތައް އިބުރާ ފާހަގަކުރަށްވާފައިވެއެވެ. އަދި އެކަމާ ގުޅިގެން މާލޭ މީހުންނަށް ނުބެވުމަށް އިބުރާ އެދިވަޑައިގެންނެވިއެވެ.
"މިކަމާ މާލޭ މީހުނަށް ނުބަވާ." ހިލޭ ގޯތި ދޫކުރުމުގެ މައްސަލާގައި ހިތްހަމަނުޖެހުން ފާޅުކުރަށްވަމުން އިބުރާ ވިދާޅުވިއެވެ.
މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ބައެއް މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެން މާލެ ސަރަހައްދުން ބިން ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޭތީ ކުރާ ޝަކުވާއެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެ ހުޅުމާލެ، އަދި ގުޅީފަޅުންނެވެ. ހުޅުމާލެއިން 1000 ގޯތީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކާ މާލެއަތޮޅު ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރުމުގެ މަޝްރޫޢެއްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރަށްވާފައެވެ.
މީގެއިތުރުން ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުގެ ދަށުން މާލޭގެ ރައްޔިތުންނަށް 5000 ހައުސިންގ ޔުނިޓު ހަމަޖެއްސުމަށް ނިންމަވާ، އިތުރު 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެއްޓެވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

Malè rayyithun nukume hikki bimun RT meehunah MAG goathi dhin. Adhi ge alhaane faisaa ves dhin.
— Maverick Ibra (@ibramandhu) August 3, 2022
Migothun @sariiira ge bappa ah ves goachakaa Rf500k dhin. Ethan eynaa vikkaalee. E ee mihaaru H.Dhathuge (@DrDidiMDP ) ge ge.
Mikamaa Malè meehunah nubavaa.#RTRise
މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ބައެއް މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެން މާލެ ސަރަހައްދުން ބިން ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޭތީ ކުރާ ޝަކުވާއެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެ ހުޅުމާލެ، އަދި ގުޅީފަޅުންނެވެ. ހުޅުމާލެއިން 1000 ގޯތީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކާ މާލެއަތޮޅު ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރުމުގެ މަޝްރޫޢެއްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރަށްވާފައެވެ.
މީގެއިތުރުން ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުގެ ދަށުން މާލޭގެ ރައްޔިތުންނަށް 5000 ހައުސިންގ ޔުނިޓު ހަމަޖެއްސުމަށް ނިންމަވާ، އިތުރު 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެއްޓެވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު