ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން މިހާރު ނިސްބަތްވެ ވަޑައިގަންނަވާ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލިޑަރ ޕްރޮމޯޓްވާނީ ޕީޕީއެމްގެ ލީޑަރ ރައީސް ޔާމީންގެ ނަންފުޅު ބޭނުން ކުރެއްވުމުންކަމަށް ޕީޕީއެމްގެ ނައިބު ލީޑަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިމޭރުމުން ވިދާޅުވެފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމުގެ ވެރިކަމަކީ ރާއްޖެއަށް ކުރިމަތިވި ބިރުވެރިކަމުގެ މޫސުމެއް ކަމަށް އެ ސަރުކާރުގެ ޚާރިޖީ ވަޒީރުކަން ކުރެއްވި ދުންޔާ މައުމޫން ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ދުންޔާއަށް ރައްދު ދެއްވަމުން ޝިޔާމް މިއަދު ވިދާޅުވީ ދުންޔާއަކީ ރައްޔިތުން ތަހައްމަލުކުރި އަދި ތަހައްމަލްކުރާ ބިރުވެރި ޒަމާނެއްވާނަމަ އެޒިންމާ އެންމެ ބޮޑަށް ނަންގަވަންޖެހޭ ބޭފުޅެއް ކަމަށެވެ. އަދި އެފަދަ ބޭފުޅަކު ރައީސް ޔާމީނާ ގުޅުވައި ދެއްކެވީ ލަދުވެތި ވާހަކައެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިވަގުތު ތިހުންނެވި ޕާޓީ އަދި އެޕާޓީގެ ލީޑަރު ޕްރޮމޯޓު ކުރަން އޮތް ހަމައެކަނި ގޮތަކީ ރައީސް ޔާމިންގެ ނަންފުޅަށް ތިއޮތީވެފައި." ދުންޔާ އަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވިއެވެ.



ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް އަލްއުސްތާޛް ރައީސް މައުމޫނުގެ ދަރިކަނބަލުން ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރަކީ މިހާތަނަށް އެންމެ ބޮޑެތި ވައްކަންތައް ފެނިގެންދިޔަ އަދި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި އެފަދަ އެނޫންވެސް ގިނަ ކަންތައްތަކެއް ހިނގައިދިޔަ ސަރުކާރެއް ކަމަށެވެ. އޭގެ ތެރޭގައި އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށް ލުން ހިމެނޭކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ މިފަދައިން ވިދާޅުވެފައި މިވަނީ، އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަކީ މަރުދުވަހާ ޖެހެންދެންވެސް ޣައްދާރުން ކަމަށް ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެން ޕީޕީއެމާއި އެމްއެންޕީ އާއި ދެމެދު ބޮޑެތި ބަހުގެ ހަމަލާތަކެއް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު