ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ހައުސިން މިނިސްޓްރީ އުވާލެއްވި ނަމަވެސް ސަރުކާރު ހިންގާ ކޯލިޝަނަކަށް އެއްވެސް ހީނަރު ކަމެއް ނާންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްއާރްއެމްގެ ސްލޮޓެއްގައި ހައުސިންގ މިނިސްޓަރުގެ މަގާމުގައި ހުންނެވި އާތިފާ ޝަކޫރު މަގާމުން އިސްތިއުފާ ދެއްވުމުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ރައީސް ސޯލިހް މިއަދު ވަނީ ބަދަލުކުރައްވާފައެވެ. މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރަމުން ގެންދިޔަ އެންމެހައި މަސައްކަތްތައް ދެން ކުރަމުން ގެންދާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
"ރަސް އޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ހައުސިން މިނިސްޓްރީ އުވާލި ނަމަވެސް ކޯލިޝަނަށް އެއްވެސް ހީނަރު ކަމެއް އަދި އުނިކަމެއްވެސް ނާންނާނެ ކަމަށެވެ. ސަރުކާރު ކުރިއަށްދާނީ ކޯލިޝަނާއި އެކުގައި ކަމަށާއި، ކޯލިޝަން އޮތީ ބަދަހިކޮށް ކަމަށް ވެސް ހޫދު ވިދާޅުވިއެވެ.
"ހައުސިން މިނިސްޓްރީ އުވާލުމަކުން ކޯލިޝަންގެ ގުޅުމަކަށް އެއްވެސް ހީނަރު ކަމެެއް ނާންނާނެ. ސަރުކާރު ކޯލިޝަންގެ ގުޅުން އޮތީ ބަދަހިކޮށް. ކުރިއަށްދާނީ އެކީގައި ގުޅިގެން." ރަސް އޮންލައިނަށް މައުލޫމާތު ދެއްވަމުން ހޫދު ވިދާޅުވިއެވެ.
ހޫދު މިހެން ވިދާޅުވެފައިވާއިރު ހައުސިން މިނިސްޓްރީއަކީ މި ސަރުކާރުގައި އެމްއާރްއެމްއަށް ދީފައި އޮތް ސްލޮޓެކެވެ. އެހެންވީމާ އާތިފާގެ ބަދަލުގައި ހައުސިން މިނިސްޓަރުގެ މަގާމަށް ދެންވެސް ވަޑައިގަންނަވާނީ އެމްއާރްއެމްގެ ބޭފުޅަކު ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް އެމްއާރްއެމްގެ ބައެއް ބޭފުޅުން ރޭ ވަނީ ވިދާޅުވެފަ އެވެ.
ކޯލިޝަން ސަރުކާރުން އަދާލަތު ޕާޓީއަށް ދީފައިވާ ވަޒީރުކަމުގެ ސޮލޮޓެއްވެސް މިހާރު ވަނީ ގެއްލިފައެވެ. އަދާލަތަށް ދީފައިވާ ޖެންޑަރ މިނިސްޓަރގެ ސްލޮޓް ގެއްލުނީ އެމަގާމުގައި ހުންނެވި ސިދާތާ ޝަރީފު އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން މިހާތަނަށްވެސް އަދާލަތަށް ވަޒީރުކަމުގެ އިތުރު ސްލޮޓެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު