މާލެސިޓީގައި އިޢުލާން ކޮށްފައިވާ ފަރުބަންދުގެ ހާލަތު އިތުރު ހަތަރު ދުވަހަށް ދަންމާލަން ނިންމައިފިއެވެ. ސަރުކާރުން މިފަހަރު ފުރަބަންދު އިތުރު ކުރީ ފަހުން ލުއިތައް ދޭ ގޮތަށެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ލޮކްޑައުނަށް ދީފައިވާ ލުއިތަކާއެކު ކޮވިޑްގެ ބަލި ފެތުުރެމުންދާ ހާލަތަށް ބެލުމަށްފަހު މިމަހުގެ 15 ވަަނަ ދުވަހުން ފެށިގެން ލުއި ދިނުމަށް ނިންމާފައިވާތީ އެ މުއްދަތުގެ ނިޔަލަށް ލޮކްޑައުން އިތުރުކޮށްފައިވާ ކަމަށެވެ. މި ހާލަތުގައި މާލެ، ހުޅުމާލެ، ވިިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާވާނެ ކަމަށް އެންގުމުގައިވެއެވެ.

އަދި މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާސްޕޯޓްގެ ހިދުމަތް ދިނުމާއި، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ގުޅިފަޅަށް މީހުން އަރާ ފޭބުން މަނާވާނެ ކަމަށް އެންގުމުގައި ބުނެފައިވެއެވެ.

15 ވަނަ ދުވަހުން ފެށިގެން ދީފައިވާ ލުއިތައް:-

ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް ދޫކުރެވޭ ހުއްދަތައް އިތުރުކުރުން

އުމުރުން 60 އަހަރުން މަތީގެ މީހުން ހުއްދަ ލިބިގެން ގެއިން ބޭރަށް ނުކުތުން

މީހުން އެއްތަނުން އަނެއް ތަނަށް ދިއުމަށް ޓެކްސީތަކަށް ހުއްދަ ދިނުން އިތުރުކުރުން

މާލެއާއި ތިލަފުށްޓާއި ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމުގެ ހުއްދަ ދިނުން އިތުރުކުރުން

ހުއްދަ ލިބިގެން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒިފުން އެ މަސައްކަތް ކުރުމަށް ދިއުމުގެ ހުއްދަ ދިނުން

ހުއްދަ ލިބިގެން ފިހާރަތަކާއި އޮފީސްތައް ހުޅުވުން

ހުއްދަ ލިބިގެން ކޮންސްޓްރަކްޝަން ސައިޓްތަކުގެ މަސައްކަތް ކުރުން

ބޭންކްގެ ހިދުމަތް އިތުރުކުރުން

ސިއްހީ ހިދުމަތާއި އާންމު ހިދުމަތްތައް އިތުުރުކުރުން

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މެއި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަރުކަށި ފިޔަވަޅުތަކާއެކު ލޮކްޑައުން ވަނީ އެކިފަހަރު މަތިން އިތުރުކޮށްފައެވެ. ހާލަތަށް ބެލުމަށްފަހު ސަރުކާރުން މިހާރު ވަނީ ލޮކްޑައުންއަށް ލުއިތަކެއް ދީފައެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން