ރަށެއްގެ ބަންދު މަތި؛ މާލެ ފިޔަވައި އެހެން ރަށްރަށުގައި ލަފާފުރަން ހުއްދަ ދޭން މިހާރު ވަނީ ނިންމާފައި
ރަށެއްގެ ބަންދު މަތި؛ މާލެ ފިޔަވައި އެހެން ރަށްރަށުގައި ލަފާފުރަން ހުއްދަ ދޭން މިހާރު ވަނީ ނިންމާފައި
އެއްވެސް ހުއްދައެއް ނެތި މާލެ ފިޔަވައި އެހެން ރަށްރަށުގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ ދޭން ނިއްމައިފައިވާ ކަން ސަރުކާރުން އިއުލާންކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސް ކޮންފަރެންސްގައި އެޗްޕީއޭ އިން ބުނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ފިޔަވައި އެހެން ރަށްރަށުގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމަށް އިތުރު ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކޯވިޑް-19 ނެތް ރަށްރަށަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. ކޯވިޑާ ގުޅިގެން ހުއްދަ ނެތި އެއްރަށުން އަނެއް ރަށައް ދަތުރުކުރުން މަނާކުރުމާއި ގުޅިގެން ވަރަށް ބޮޑެތި މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. އެއްރަށުން އަނެއް ރަށައް ދަތުރުކޮށް އުޅުމުގައި ހުއްދަ ނަގަން ނުޖެހޭ ގޮތަށް ބަދަލު ކުރި ނަމަވެސް މާލެ އިން ފުރާ މީހުންނާއި މާލެ އަންނަ މީހުން ވަކި ނިޒާމެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިހާރު އޮންނަގޮތުން މާލެ އަރާ ފޭބޭނީ ފުލުހުންގެ ޚާއްސަ ހުއްދަ އެއް ލިބިގެންނެވެ. ކޯވިޑާއި ގުޅިގެން މާލެސިޓީގައި އިޢުލާން ކޮށްފައިވާ ފުރަބަންދުގެ ހާލަތު އިތުރު ހަތަރު ދުވަހަށް މިހާރު ވަނީ ދަންމާލާފައެވެ. މިތިން ދުވަސް ހަމަވުމުން އަންނަ ހޯމަ ދުވަހުން ފެށިގެން ވަކިވަގުތުތަކެއްގައި ބޭރުގައި އުޅުމުގެ ހުއްދަ ދިނުމާއެކު ބޮޑެތި ލުއިތަކެއް ދޭން ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން