ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް ގަލޮޅު ދަނޑަށްވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޕީޕީއެމްގެ އިވެންޓް ކޮމިޓީގެ ޗެއަރމަން މުހައްމަދު އިސްމާއިލް ބަންދުން ދޫކޮށްލައިފިއެވެ.
ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި މުހައްމަދު އިސްމާއިލް ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ޖޫން މަހުގެ 22 ވަނަ ދުވަހު ކާނިވާ ރެސްޓޯރެންޓް ތެރޭގައި ހުންނަ ލެވެންޑަރ ކެފޭ ތެރެއިންނެެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 4 ފަހަރެއްގެ މަތިން 45 ދުވަސް ޖަހާފައިވެއެވެ.
މުޖުތަމައުގެ ހަމަޖެހުން ނަގާލައި، ބައިބައިވުން އުފައްދައި، މުޖުތަމައަށް ނުރައްކާތެރި މީހެއްކަމަށް ބުނެ މުޙައްމަދު ބަންދުގައި 45 ދުވަހު ބެހެއްޓުމަށްފަހު މިއަދު ވަނީ އޭނާ ދޫކޮށްލާފައެވެ. އޭނާ ބަންދުކުރި މައްސަލަ އިސްތިއުނާފު ކުރަން ހައިކޯޓަށްވެސް ހުށަހެޅިއެވެ. އެކަމަކު، ހައިކޯޓުން ނިންމާފައިވަނީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން، ޔޯގާ ޙަރަކާތުގެ ތެރޭގައި ހަމަނުޖެހުން ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުން ކަމަށެވެ. އެހެން ނަމަވެސް އެކަން އެޕާޓީން ދޮގުކުރެއެވެެ. މުޙައްމަދާއެކު ހައްޔަރުކުރި ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހިމް ރައްޒާން (ޓަކީ) ވެސް ކޯޓުން މިހާރުވަނީ ދޫކޮށްލާފައެވެ.
މުހައްމަދު އިސްމާއިލްގެ އިތުރުން ހަމަނުޖެހުން ހިންގި މައްސަލައިގައި ފުލުހުން 23 މީހަކު ހައްޔަރުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު