ކާމިޔާބީއަށް ވާސިލުވުމަށް ކޮންމެކުއްޖަކުވެސް ހުނަރާއި ޤާބިލިއްޔަތު އަމިއްލައަށް ދެނެގަންނަންޖެހޭ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
ޑރ. ޢައިޝަތު ޢަލީ މިމޭރުމުން ވިދާޅުވެފައިވަނީ ދިރާސީ އާއަހަރު ފެށުމުގެ މުނާސަބަތުގައި އަމީނިއްޔާ ސްކޫލްގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ކާމިޔާބީއަށް ވާސިލުވުމަށް ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ހުނަރާއި ޤާބިލިއްޔަތު އަމިއްލައަށް ދެނެގަންނަން ޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ކާމިޔާބީގެ ސިއްރަކީ ކެނޑިނޭޅި ކުރާ މަސައްކަތުގެ ނަތީޖާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ހުރިހާ ކުދިން ހުރިހާ މާއްދާއަކުން މޮޅުވުމަކީ ނާދިރު ކަމެއް. ކޮންމެ ކުއްޖެއްގެ ހުނަރާއި ގާބިލިއްޔަތާއި ކުޅަދާނަކަން އެކި ކަންކަމުގައި ތަފާތުކަން ދަންނަންވާނެ. އެހެންވީމާ ކޮންމެ ކުއްޖަކުވެސް ހާސިލް ކުރަން ބޭނުންވާ އަމާޒަށް ވާސިލް ވުމަށް ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ހުނަރާ ގާބިލުކަން ދެނެގަންނަށް ޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.
ކޮންމެ ކުއްޖެއްގެ ޤާބިލިއްޔަތުކަމާއި ހުނަރު ތަފާތުވާނެކަން ފާހަގަކުރަށްވަމުން މިނިސްޓަރު ވިދާޅުވީ އެކި ކުދިން ޚާއްސަވާނީ އެކި ދާއިރާތަކުން ކަމަށެވެ. އަދި ހުރިހާ ކުދިން ހުރިހާ މާއްދާއަކުން މޮޅުވުމަކީ ނާދިރުކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި އެސެމްބަލީގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ މުދައްރިސުން އަދާކުރާ ދައުރު މި ސަރުކާރުން ބަލައިގަންނަކަން ފާހަގަކުރަށްވައި މުދައްރިސުންގެ މުސާރަ ބޮޑު ކުރުމަކީ އެކަމުގެ ހެއްކެއް ކަމަށް ވިދާޅުވެފައެވެ.
ޓީޗަރުން ކުރައްވާ މަސައްކަތަކީ މުޅި ގައުމަށް އަދި އެތަކެއް ޖީލުތަކަކަށް އޭގެ އަސަރު ފޯރާ މަސައްކަތްތަކެއް ކަމަށާއި، އެހެންކަމުން މުދައްރިސުން ވާންވާނީ އަމަލުތައް އިހުލާސްތެރި، ހަރަކާތްތަކުން ނަމޫނާ ދައްކާ، ދަރިވަރުންގެ މައުސޫމު ކަމާއި އިއްފަތްތެރިކަން ރައްކާތެރި ކުރާ ބަޔަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދިރާސީ އާއަހަރުގެ ކިޔެވުން ރާއްޖޭގެ 217 ސްކޫލްގައި 92300 އަށްވުރެ ގިނަ ދަރިވަރުނާއެކު މިއަދުވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު