ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސެންސް މިއަހަރު ދޫކުރަން ފަށާނެ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. ޢައިޝަތު ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ މިއަދު ވިދާޅުވީ ތައުލީމީ އާ ގާނޫނަށް އަމަލުކުރަން ފެށިތާ އަހަރެއް ފުރެން ގާތްވެފައިވާއިރު، އެ ގާނޫނާ ގުޅިގެން ހަދަންޖެހޭ ހުރިހާ ގަވާއިދެއް މިހާރު ހަދާ ނިމިފައިވާ ކަމަށެވެ. އަދި މި އަހަރު އެ ގަވާއިދުތައް ތަންފީޒުކުރަން ފެށޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޓީޗަރުންނަށް ވަކި ލައިސެންސެއް ދޫކުރުމުގެ ބޭނުމަކީ ތައުލީމީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުން ކަމަށާއި މިކަމަށްޓަކައި ތައްޔާރު ކުރަން ޖެހޭ ލިޔެކިޔުންތަކުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޓީޗަރު ކަމުގެ ތައުލީމު ހަރުދަނާވެ، ހުނަރުވެރި އަބުރުވެރި ޓީޗަރުން ކުރިމަގުގަިއ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ފެންވަރު ރަނގަޅު ދަރިވަރުން އުފެދުމަށް އެހީއަކަށް ވާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
"މިކަމުގެ ނަތީޖާއެއްގެ ގޮތުން، އުންމީދު ކުރަނީ، ޓީޗަރު ކަމުގެ ތައުލީމު ހަރުދަނާވެ، ހުނަރުވެރި، އަބުރުވެރި ޓީޗަރުން ކުރިމަގުގައި ލިބޭނެކަމަށް" މިނިސްޓަރު ވިދާޅުވި އެވެ.
މަތީ ތައުލީމުގެ ނިޒާމަށް އިތުރު ބަދަލުތަކެއް ގެނައުމަށް ނިންމައި "ތައުލީމާބެހޭ ޤާނޫނު"ގައި ޓީޗަރުކަން ކުރުމަށް ހާއްސަ ލައިސަންސެއް ދޫކުރަން ޖެހޭ ގޮތަށް ވަނީ ހިމަނާފައެވެ. އެކަމާ ގުޅިގެން އުފައްދަން ޖެހޭ "ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު" މިދިޔަ އަހަރުވަނީ އެކުލަވާލައިފައެވެ.
ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑުގައި ރަޖިސްޓްރީ ކުރުމަކާނުލައި އެއްވެސް ސްކޫލެއްގައި އަދި އެނޫންވެސް ރާއްޖޭގައި ހިންގާ އެއްވެސް ކިޔަވައިދޭ ތަނެއްގައި ކިޔަވައިދިނުމުގެ މަސައްކަތެއް ނުކުރެވޭނެއެވެ. މީގެއިތުރުން ބޯޑުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ނޫނީ އެއްވެސް ސްކޫލަކުން ވަޒީފާ ދީގެން ނުވާނެ ކަމަށްވެސް ޤާނޫނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު