މާލޭގެ ގެސްޓް ހައުސްއެއްގައި މިދިޔަ ބުދަ ދުވަހު 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލަ އެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ މާލޭގެ ގެސްޓް ހައުސްއެއްގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެކުއްޖާ ރޭޕް ކޮށްފައި ވަނީ 18 އަހަރު ފުރިފައިވާ ފިރިހެނެއް ކަމަށް އެނގިފައިވެއެވެ. އެހެންނަމަވެސް އޭނާ އާއި ގުޅޭ އިތުރު މައުލޫމާތެއް ސާފުވާގޮތެއް ނުވެއެވެ.
މާލެ ލޮކްޑައުންކޮށް، ސަބަބެއް ނެތި ބޭރުގައި އުޅުން މަނާކޮށްފައި އޮތް ދުވަސްވަރަކަށް ވުމުން ކުޑަކުއްޖަކު ގެސްޓް ހައުސްއަކަށް ގެންދިޔައީ ކިހިނެއްތޯ ބެލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިއީ މާލެ ފުރަބަންދު ކުރި ފަހުން މާލޭގެ ގެސްޓްހައުސްއެއްގައި ހިނގި މިފަދަ ދެވަނަ ހާދިސާ ކަން ފާހަގަކޮށްލެވެއެވެ. މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން އުމުރުން 16 އަހަރު ނުވާ ކުއްޖެއްގެ އާއިލާ އަށް އޮޅުވާލައިގެން ރަށަކުން މާލެ ގެނެސް އެކުއްޖާ ގެސްޓް ހައުސްއެއްގައި ރޭޕް ކުރި މައްސަލައެއް ފުލުހުން މިހާރު ވަނީ ތަހުގީގް ކުރަން ފަށާފައެވެ.
މިމައްސަލައިގައި، ރޭޕްކޮށް ކުޑަކުއްޖާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު