އަޑުއިވިގެން މިދަނީ އިންތިހާއަށް ބިރުވެރި ވާހަކަތަކެއް ކަމަށާއި ޙައްލު އޮތީ މަރުގެ ޙުކުމް ތަންފީޒްކޮށްގެން ކަމަށް ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިގޮތަށް ވިދާޅުވެފައިމިވަނީ މާލެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލުމާ ގުޅިގެންނެވެ. ރޭ ހިނގި މި ޙާދިސާގައި އަންހެންމީހާގެ ހަށިގަނޑަށް ލާއިންސާނީ އަނިޔާތަކެއް ވަނީ ދީފައެވެ.
އެކަމާ ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ ޤައުމުގެ ޙާލަތު މިހިސާބަށް ގޮސްފައިވާއިރު މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ވާހަކަ ސަރުކާރުން ދެއްކުމަކީ ގޯސް މެސެޖެއް ކަމަށެވެ.
"އެއްވެސް ޙާލެއްގައި ދޫކުރަން ހެޔޮނުވާވަރުގެ ނުރައްކާތެރި މުޖްރިމުން އެބަތިބިކަން ޤަބޫލްކުރަންޖެހޭ. ޙައްލު އޮތީ މަރުގެ ޙުކުމް ތަންފީޒްކޮށްގެން." ޑރ. ޖަމީލް ވިދާޅުވިއެވެ.
މީގެ ކުރިން ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުން އިއްވާ މަރުގެ ޙުކުމް ތަންފީޒު ނުކުރުމަށް ޒަމާނުއްސުރެ އަމަލުކުރަމުންދާ މޮރިޓޯރިއަމްގެ ދަށުން ހުރިހާ ސަރުކާރަކުންވެސް މިހާތަނަށް އަމަލުކުރަމުން އައިސްފައިވަނީ އެއްގޮތަކަށް ކަމަށެވެ.
މަރުގެ އަދަބު ދިނުމަށް ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ ތިން މީހަކު މިހާރު ރާއްޖޭގައި އެބަތިއްބެވެެ. އެއީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ވަކީލް މުހައްމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތުގެ އިތުރުން ސ. ހުޅުދޫ ލިލިމާގޭ އަބްދުﷲ ފަރުހާދުގެ ގާތިލް މުހައްމަދު ނަބީލެވެ. އެ ތިން މީހުންގެ މަރުގެ ޙުކުމް 2016 ވަނަ އަހަރު ސުޕްރީމް ކޯޓުން ދެމެހެއްޓި ނަމަވެސް، މަރުގެ އަދަބު ތަންފީޒު ކޮށްފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުން މީހަކު މެރުމަށް ހުކުމްކޮށްފި ނަމަ، އެ ހުކުމް ތަންފީޒުކޮށް ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ހޯމް މިނިސްޓްރީން އަމުރުކުރީ ރައީސް ޔާމީންގެ ވެރިކަމުގެ ކުރީކޮޅު 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު