ޔޯގާ ހަރަކާތާ ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި އިސް ދައުރެއް އަދާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އައްޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ބަންދުން ދޫކޮށްލައިފިއެވެ.
ޔޯގާ ދުވަހުގެ ޙަރަކާތްތައް ގަލޮޅު ދަނޑުގައި ކުރިއަށް ދަނިކޮށް އެސަރަޙައްދަށް އެއްވި ބަޔަކު ގަލޮޅު ދަނޑަށްވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝައިޚް ނިޝާން ހައްޔަރުކުރީ މިދިޔަ ޖޫންމަހުގެ 22 ގައެވެ.
ޝައިޚް ނިޝާން ދޫކޮށްލީ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުންނެވެ. 45 ދުވަހަށްފަހު ޝައިޚް ނިޝާން ދޫކޮށްލީ މާލެއިން ބޭރަށް ވަޑައިނުގަތުމަށާއި، ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެންގެވުމަށާއި، ތަޙްޤީޤަށް އެއްބާރުލުން ދެއްވުމަށް ޝަރުތުކުރުމަށްފަހުއެވެ.
ޔޯގާ ހަރަކާތާއި ދެކޮޅަށް ހިންގި ހަމަނުޖެހުމާއި ގުޅިގެން، ޝައިހް އާދަމް ނިޝާންގެ ދަރުސް ދިނުމުގެ ހުއްދަވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓާފައެވެ. އެޙަރަކާތާ ގުޅިގެން ހައްޔަރުކުރި ޝައިޚް ފަޟުލޫން މީގެ ކުރިން ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.
މި ދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި މީހުންނަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގާފައެވެ. އަދި ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުންދީފައެވެ. މިކަން ސަރުކާރުންނާއި ފުލުހުން މިހާރު ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު