މާލެ ފިލަޔަވައި އަތޮޅުތެރޭގެ ހުރިހާ މިސްކިތް ތަކެއްގައި އަންނަ ހޯމަ ދިވަހުން ފެށީގެން ޖަމާއަތް ހެދުމަށް ވަނީ ހުއްދަ ދީފައި
މާލެ ފިލަޔަވައި އަތޮޅުތެރޭގެ ހުރިހާ މިސްކިތް ތަކެއްގައި އަންނަ ހޯމަ ދިވަހުން ފެށީގެން ޖަމާއަތް ހެދުމަށް ވަނީ ހުއްދަ ދީފައި
މިސްކިތުގައި ސަފުހަދާއިރު ދޭތެރެ ދުރުކޮށްގެން ނަމާދު ކުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިސްކިތުގައި ގައިދުރުކޮށްގެން ނުވަތަ ސިއްހީ މާހިރުން ލަފާ ދެއްވާ ގޮތަށް ދޭތެރެ ދުރުކޮށްގެން ނަމާދު ކުރުމަކީ އެއްވެސް މައްސަލަ އެއް ނޫން ކަމަށެވެ. ޑރ. ޝަހީމު މިހެން ވިދާޅުވެފައި މިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން މާލެސިޓީގެ ލޮކްޑައުންއަށް ވަރަށް ބޮޑަށް ލުއި ދީ ހުއްދަ ހޯދުމަކާ ނުލާ ގިނަ ވަގުތު ތަކެއްގައި މަގުމަތީގައި، ބޭރުގައި އުޅެވޭ ގޮތަށް ހުއްދަ ކޮށްފައިވާއިރު މިސްކިތްތައް ހުޅުވާލައި ނަމާދުގެ ޖަމާއަތް ހެދުމަށް ހުއްދަ ކޮށްފައި ނުވާތީ ކަމަށް ބެލެވެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދާ މި ދަނޑިވަޅުގައި މާތްވެެގެންވާ ދެ ހަރަމްފުޅާއި މަސްޖިދުލްއަޤުޞާ މިސްކިތާއި ސައޫދީ އަރަބިއްޔާގެ ހުރިހާ މިސްކިތެއްގައި މިހާލަތުގައި ނަމާދު ކުރަނީ އެގޮތަށް ކަމަށް ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރގެ މަގާމުވެސް އަދާކުރައްވާފައިވާ ޑރ.މުހަންމަދު ޝަހީމް ވިދާޅުވިއެވެ.

"އެއީ ދީނީ ގޮތުން އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން." ދޭތެރެ ދުރުކޮށް ނަމާދު ކުރުމާއި ބެހޭ ގޮތުން ބައެއް މީހުން ސުވާލު އުފައްދާތީ ދީނީ ގޮތުން އެކަން އޮތްގޮތް އޮޅުން ފިލުއްވައި ދެއްވަމުން ޑރ.ޝަހީމް ވިދާޅުވިއެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން، މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައިި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އަންގާފައެވެ. މިސްކިތްތައް ހުޅުވައިލި ރަށްރަށުގައި ވެސް މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގައި ކޯވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން އަމަލުކުރާނެ އުސޫލުތަކެއް އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ އާއްމުކުރައްވާފައެވެ.

އެގޮތުން ސަމާލުވާން ޖެހޭ ކަންތައްތަކުގެ ތެރޭވައި މިސްކިިތަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތައް ނުދިއުން އަދި މިސްކިިތަށް ދާއިރު ގެއިން މުސައްލަ ހިފައިގެން ދިއުމާއި މީގެ އިތުރުން މިސްކިތަށް ދާއިރު މާސްކް އެޅުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން