އެސްޓީއޯއިން ފަށަން ހަމަޖެހިފައިވާ ޑިޕްލޮމާ އިން ރޭޑިއޮލޮޖީ ކޯހާގުޅޭ މައުލޫމާތު ސެޝަނެއް މާދަމާ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި، މި ސެޝަން ކުރިއަށްދާނީ މާދަމާ ރޭ 8:30 ގައި ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށެވެ. އާންމުކޮށް އެންމެނަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ބާއްވާ މި ސެޝަންގައި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދޭނެ ބައިތަކާއި ކޯހުގެ ފީ ދެއްކުން ފަދަ ކަންކަމުގެ މައުލޫމާތު އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މިނިސްޓްރީ އޮފް ހެލްތާއި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގުޅިގެން، ކުރިއަށްގެންދާ މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާ އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ އެ އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކޯހެއް ކަމަށެވެ.

އަދި މި ކޯހުގެ ފުރަތަމަ ބެޗަށް ހޮވޭ ފުރަތަމަ 25 ދަރިވަރުންގެ ކޯސްފީ ދައްކައިދޭނީ އެސްޓީއޯއިން ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. ލެވެލް 5، ޑިޕްލޮމާ ފެންވަރުގެ މި ކޯހުގެ މުއްދަތަކީ ދެ އަހަރާއި ހަ މަސް ދުވަހުއެވެ. ދެ އަހަރު ކޯހުގެ ތިއަރީ ބައި ކުރިއަށްގެންދާއިރު، އިންޓަރންޝިޕް މުއްދަތަކީ ހަ މަސް ދުވަހެވެ.

އެސްޓީއޯއިން ބުނީ، މި ކޯހަށް ވަނުމުގެ ޝަރުތަކީ އޭލެވެލް ސައިންސްޓްރީމްގެ ދެ މާއްދާއިން ފާސްވެފައިވުން ކަމަށާއި ކޯހުގެ ކިޔެވުން ކުރިޔަށް ގެންދާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި 2019 އަހަރު ރަޖިސްޓަރީ ކުރެވުނު އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓާއި މިދިޔަ އަހަރުގެ ޖޫންމަހު ހުޅުވި އެސްޓީއޯ ޖީއީ ސްކިލް ލެބްގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން