ކުރީގެ ހައުސިން މިނިސްޓަރ އާމިނަތު އާތިފާ މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމާ ގުޅިގެން ގެދޮރު ލިބިފައި ނުވާ އެތައް ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވި ކަމަށް އެކަމަނާ ނިސްބަތްވާ މައުމޫނުގެ ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.
އާޠިފާގެ އިސްތިއުފާ އާއި ގުޅިގެން އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކަމަނާގެ ސީދާ ބެއްލެވުމުގެ ދަށުން ހައުސިންގް މިނިސްޓްރީގެ މަސައްކަތްތަކަށް ވަރަށްބޮޑެތި ކުރިއެރުންތަކެއް ގެންނަވާފައިވާ ކަމަށެވެ. އެގޮތުން ޒަމާންތަކެއް ވަންދެން ނުހެދި ހުރި، ދިރިއުޅުމަށް ދޫކުރާ ގެދޮރުގެ ކުލި ކަނޑައެޅުމުގެ ގާނޫނާއި، އެއްމެދު އިމާރާތްތަކާ ބެހޭ ދެލިކޮޕީތައް އެކުލަވާލައްވައި ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅުއްވާފައި ވާކަން ފާހަގަ ކޮށްފައި ވެއެވެ.
އަދި ކިޔޫ ހަދައިގެން ތޮއްޖެހިގެން ނުތިބެ ރައްޔިތުންނަށް ފްލެޓް ތަކަށް އެދެވޭނެ އޮންލައިން އިންތިޒާމު ހަމަޖައްސަވައި ދެއްވުމާއި، ރައްރަށުގައި ހުރި ގެދޮރުވެރި ކަމުގެ މައްސަލަތައް ހައްލު ކުރުމަށް ކުރެއްވި މަސައްކަތުގައި ރައްޔިތުންގެ ގާތަށް ވަޑައިގެން އެމީހުންގެ ޚިޔާލު ހޯއްދެވިކަންވެސް ފާހަގަކޮށްފައި ވެއެވެ.
2018 ގެ ރިޔާސީ އިންތިޚާބަށް ކޯލިޝަން ޕާޓީތައް ގުޅިގެން އެކުލަވާލި މެނިފެސްޓޯ ހެދުމުގައިވެސް އެކަމަނާ ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށާއި އާތިފާ އަކީ ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރި ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވަމުން ގެންދެވި ތަޖުރިބާހުރި، ހީވާގި ބޭފުޅެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
"އެއީ މިނިސްޓަރުކަމުގެ މަގާމުގެ ޒިންމާތައް، ނުފޫޒުން އެއްކިބާވެ ހުންނަވައިގެން، ވަރަށް ތެދުވެރި ކަމާއި އަމާނާތްތެރި ކަމާއެކު އަދާކުރެއްވި ބޭފުޅެކެވެ." ބަޔާނުގައި ވެއެވެ.
ގެދޮރުގެ ދަތިކަން ތަޙައްމަލު ކުރަމުން ގެންދާ ވަކިވަކި ފަރުދުންނާއި ރައްރަށުގެ ކައުންސިލް ތަކުން އެކަމަނާގެ އަރިހަށް ހުށަހަޅަމުންދިޔަ ކަންބޮޑުވުންތައް ސީދާ އަޑުއައްސަވައި، ކަންކަން އޮޅުންފިލުއްވައި ދެއްވަމުން ގެންދެވި ކަމަށާއި ފޯނުންގުޅާ ފަރާތްތަކަށް ވަގުތުން ޖަވާބު ނުދެވުނު ނަމަވެސް ފަހުން އެފަރާތްތަކާ ގުޅުއްވުމަކީ އެކަމަނާ އާދަވެގެން ކުރެއްވި ކަމެއް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
ހައުސިން މިނިސްޓަރ އާތިފާ މަގާމުން އިސްތިއުފާ ދެއްވުމުން ރައީސް ސޯލިހް ވަނީ އެމިނިސްޓްރީ އުވާލައްވައި މިނިސްޓްރީގެ މަސައްކަތްތައް ޕުލޭނިންގ މިނިސްޓްރީގެ ދަށައް ބަދަލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު