އައްޑޫ އީކުއެޓޯރިއަލް ކަރަންޓީން ފެސިލިޓީގައި ހުރި 65 އަހަރުގެ އަންހެނަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި މި މީހާއަކީ މާލެއިން ފުރަތަމަ ޓްރާންސިޓް ކަރަންޓީނަށް އައްޑޫއަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ކަރަންޓީން ފެސިލިޓީގައި އޭނާއާއެކު އެއްކޮޓަރީގައި ހުރި އޭނާގެ މާމަ ދަރިފުޅު ބައްޔަށް ނެގެޓިވް ކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.
ހައިރިސްކް ކެޓަގަރީގައި ހިމެނޭ މި ދިވެހި އަންހެން މީހާ އައިސޮލޭޝަން ފެސިލިޓީއަށް މާލެ ގެނައުމުގެ މަސައްކަތް މިއަދު ހެނދުނު ކޮށްފައިވާ ކަމަށް "ރަސް އޮންލައިން"އަށް ވަނީ ކަށަވަރު ވެފައެވެ.
އެޗްޕީއޭއިން ބުނީ މި މީހާގެ ހާލު ރަނގަޅު ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 1976 މީހުން ޕޮޒިޓިވް ވެފައިވާއިރު މިހާރު ބަލި ޖެހިފައި ތިބީ 813 މީހުންނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 1153މީހަކު ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖެއިން ބަލީގައި ނިޔާވެފައިވަނީ 8 މީހެކެވެ. މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ އަށް މީހަކަށެވެ.
މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 306 މީހެކެވެ. މިހާރު އައިސޮލޭޝަންގައި ތިބީ 789 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު