ސޯޅަ މީހުނާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ޙަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، 16 މީހުންނާއެކު މާލެއިން ފުރައިގެން އައްޑޫއަށް ދަތުރުކުރަމުންދިޔަ "ނިއުލައިން" ބޯޓު ފަރަށް އަރާފައިވާ ކަމަށެވެ. އަދި އެބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ބޯޓު އުރިފައި ވަނީ ލ.މާމެންދޫގެ އުތުރުފަރާތު ފަރަށެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ރޭ 03:25 ހާއިރު ކަމަށް އެ އިދާރާއިން ބުނެއެވެ. އެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން ދަނީ އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ބޯޓުގައި ހުރި މުދާތައް ލ.މާމެންދުއަށް ބޭލުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު 08:15 ހާއިރުއެވެ. މި މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ހުރިހާ ކޮމްޕޯނަންޓުތަކެއްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން ބުނީ ބޯޓުގައިހުރި މުދާތައް ހުސްކުރުމަށްފަހު ބޯޓު ފުންކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު