ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ތަހުގީގު ކުރިއަށްދަނިކޮށް ރާއްޖެއިން ފުރިމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ގުރުއާނާއި ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުރި އިބްރާހިމް ރާފިއު އާއި އިތުރު ބަޔަކު ވަނީ ރާއްޖެއިން ބޭރަށް ފުރާފައެވެ. މީގެތެރެއިން ބައެއް މީހުން ދިޔައީ ސްރީލަންކާއަށްކަމަށް މައުލޫމާތު ލިބެއެވެ.

މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި ބައެއް މީހުން ފުރުން މަނާކުރުމުގެ އަމުރު ނެރުނުއިރު އެމީހުން ރާއްޖެއިން ފުރާފައިވާކަމަށެވެ. ނަމަވެސް އެމީޙުންގެ ތަހުޤީޤު ކުރިއަށްދާކަމަށާއި އެ މީހުން ހޯދުމަށް ކުރެވެންހުރި މަސައްކަތްތައް ތަހުގީގުގެ ތެރެއިން ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ސާޅީހަކަށް މީހުންގެ މައްސަލަ ދަނީ ތަހުޤީޤްކުރަމުންނެވެ. އޭގެތެރެއިން ބައެއް މީޙުން ހައްޔަރުކޮށް، ބައެއް މީހުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ. އަދި ކުރިން މައްސަލައާ ގުޅިގެން ހައްޔަރުކޮށް ތަހުޤީޤްކުރި ބައެއް މީހުންގެ މައްސަލަ ވަނީ ޕީޖީ އޮފީހަށްވެސް މިހާރު ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން