ހަޑިހުތުރު ލިޔުމާއި، ތަކެތި އުފެއްދުމާއި، ބެހުމަށް ޤާނޫނީ އޮނިގަނޑު މިހާރުވެސް އެބައޮތް ކަމަށް ވިދާޅުވެ ޤާނޫނީ ވަކީލު އަލްއުސްތާޛު މޫސާ ސިރާޖު ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އަށް އިރުޝާދެއް ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހައްދުންމަތީ ފޮނަދޫ ދާއިރާގެ މެމްބަރުކަންވެސް ކުރަށްވާ މޫސާ ސިރާޖު މިމޭރުމުން ވިދާޅުވެފައިވަނީ، އޮރިޔާން ކާޑު ފަދަ ތަކެތި ފަތުރާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅޭނޭ ނިޒާމެއް ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރޭގައި ފަރުމާ ކުރެވިފައިނުވާކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދުދެއްވުމުގެ ގޮތުންނެވެ. ސިރާޖު ވަނީ ޤާނޫނު ވިދާޅުވުމަށް މިނިސްޓަރ އިމްރާނަށް އިރުޝާދު ދެއްވާފައެވެ.
ވަކީލް މޫސާ ސިރާޖު މިއަދު ވިދާޅުވީ، ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ ދަށުން މިހާރުވެސް ހަޑިހުތުރު އެއްޗެހި ހިމެނޭ ފޮޓޯއާއި، ލިޔުމާއި، މަންޒަރާއި، ރެކޯޑާއި އަދި އެނޫންވެސް ހަޑިހުތުރު ސިފަ ހާމަކޮށްދޭ ނުވަތަ ދައްކުވައިދޭ އެއްޗެހި ވިއްކުމާއި ރައްދުކުރުމާއި ދިނުމަކީ ކުށެއް ކަމަށެވެ. ހަމައެކަނި ދިމާވެގެން އުޅެނީ ޤާނޫނު ތަންފީޛު ނުކުރެވުމުގެ މައްސަލަކަމަށް މޫސާ ސިރާޖު ވިދާޅުވިއެވެ.
"ހޯމް މިނިސްޓަރުކަން ކުރައްވާއިރު އެއްފަހަރު ނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ކިޔާލުން މުހިންމު." މޫސާ ސިރާޖު ވިދާޅުވެފައިވެއެވެ.
އޮންލައިން މީޑީއާތަކާއި، ސޯޝަލް މީޑިއާ ޕްލެޓުފޯމުތަކުގައި ފާހިޝް އަމަލުތައް ހިންގާ މަންޒަރުތައް ދައްކުވައިދޭ ގިނަ އަދަދެއްގެ ވީޑިއޯތަކެއް ދައުރުވަމުންދާ ދަނޑިވަޅެއްގައި ފުލުހުންގެ މުއައްސަސާއަށް އެ އަމަލުތައް ހިންގަމުންދާ ފަރާތްތައް ހުއްޓުވެން ނެތްކަމަށް ދޭހަވާ މޭރުމަކުން އިމްރާން ވަނީ ވާހަކަދައްކަވާފައެވެ. އިމްރާން ވިދާޅުވީ، އެފަދަ މަންޒަރުތައް ފަތުރާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާނޫނީ އޮނިގަނޑުގެ ތެރެއަށް ވުޖޫދު ނުކުރެވިއްޖެނަމަ، ދިވެހިރާއްޖޭގެ އިޖްތިމާއީ އަޚްލާގިއްޔަތު އެއްކޮށް، ފުނޑުފުނޑު ވެގެން ހިނގައިދާނެކަމަށެވެ.
އިމްރާން މިގޮތަށް ވިދާޅުވެފައިވާއިރު ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގައި އެއްވެސް ހަޑިހުތުރު އެއްޗެއް ހިމެނޭ ވަސީލަތެއް ޝާއިޢުކުރުމާއި ޢާންމުކޮށް ހުޅުވާލައިގެން ދެއްކުމާއި އެނޫންވެސް ގޮތަކުން މީހުންނާ ހަމައަށް އެފަދަ އެއްޗެއް ފޯރުކޮށްދިނުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވެއެވެ.
އޭގެ އިތުރުން "ހަޑިހުތުރު" ކަމަށް ބެލެވެނީ އެ އެއްޗަކީ ޝަހުވާނީ މަޞްލަޙަތެއް އެކުލެވިގެންވާ އެއްޗެއްކަމުގައި ޤަބޫލުކުރުމާއި، ކަނޑައެޅިގެން ހުތުރުވާ ގޮތަށް، ޝަހުވާނީ ޢަމަލުތައް ރަމްޒުކޮށްދޭ ނުވަތަ ތަމްސީލުކޮށްދޭ އެއްޗަކަށްވުމުން ކަމަށް ޤާނޫނުގައިވެއެވެ.
އަދި އެއީ ޖުނަޙްގެ 1 ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް ޤާނޫނުލް އުޤޫބާތުގައިވަނީ ކަނޑައަޅާފައެވެ. އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ބަލާއިރު އެކުށަށް 4 މަހާއި 24 ދުވަހުގެ އަދަބެއް އަންނާނެއެވެ. އަދި އެންމެ ބޮޑު އަދަބެއްގެ ގޮތުގައި 1 އަހަރުގެ ޖަލު އަދަބެއް ދެވޭނެއެވެ.
ހަމައެއާއެކު ޖިންސީ ކުށުގެ ޤާނޫނުގެ، 43 ވަނަ މާއްދާގައި ބުނެފައިވަނީ މީހަކު އޮރިޔާންކާޑު ހެދުމަކީ ކުށެއް ކަމަށާއި، އެފަދައިން އުފައްދާ އޮރިޔާންކާޑު އެއްވެސް ވަސީލަތެއް މެދުވެރިކޮށް އާންމުކުރުމަކީ ކުށެއް ކަމަށެވެ. އޮރިޔާންކާޑު އުފެއްދުމުގެ ކުށަށް 1 އަހަރާއި 3 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނައިރު އޮރިޔާން ކާޑު އާންމުކުރާ ފަރާތްތަކަށް 3 އަހަރާއި ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
އަދި މީހެއްގެ ރުހުމަކާނުލައި ހަދާ އޮރިޔާންކާޑު އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އާންމުކުރުމަކީ ކުށެއްކަމަަށް އެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވެއެވެ. އެ ކުށުގެ އަދަބެއްކަމަށް އެ ޤާނޫނުގައި ބުނެފައިވަނީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކިޔުންތެރިންގެ ހިޔާލު