ޔޯގާ ހަރަކާތަށް ހުރަސް އަޅައި، ބިރުވެރިކަން އުފެދޭ ގޮތަށް ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން މިވަގުތު ހައްޔަރުގައިތިބީ 8 މީހުން ކަމަށް ފުލުހުން ބުނެފިއެވެ.
ސަރުކާރުގެ އިސް ބޭފުޅުންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުން ވެސް ހިމެނޭހެން މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި ބޭރު ގައުމުތަކުގެ ސަފީރުންނަށާއި ޑިޕްލޮމެޓުންނަށާއި ޢާއްމުންނަށް ޙަމަލާދީފައެވެ. އަދި އެމީހުންވަނީ އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން އުފައްދާފައެވެ.
އެ މައްސަލައިގެ އެންމެފަހުގެ މަޢުލޫމާތު "ރަސްއޮންލައިނަށް" ޙިއްސާކުރަށްވަމުން ފުލުހުންގެ ތަރުޖަމާނު މިއަދު ވިދާޅުވީ ޔޯގާދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން މިހާރު ފުލުހުންގެ ހައްޔަރުގައިތިބީ 8 މީހުން ކަމަށެވެ.
ޔޯގާ ދުވަހު ހިންގި ހަމަނުޖެހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބަލަމުންދާއިރު އެ ހަމަނުޖެހުމާ ގުޅިގެން 23 މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާޢީލްގެ އިތުރުން، ޝައިޚް ފަޝުލޫނާއި ޝައިޚް ނިޝާން ހިމެނެއެވެ.
ނަމަވެސް އެ ތިންމީހުންވެސް މިހާރުވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު