އެސްޓީއޯގެ ކޮންސްޓްރަކްޝަން އެޖެންޓުންނަށް ހާއްސަ ޕެއިންޓެއް އެސްޓީއޯއިން މިއަދު ތައާރަފު ކޮށްފިއެވެ.
"ނިޕޯން މެޓެކްސް" ރޭންޖުގެ މިޕެއިންޓް ތައާރަފްކޮށްދެއްވީ އެސްޓީއޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު މުޙައްމަދު ރަޝާދާއި ނިޕޮން ޕެއިންޓް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓްސްގެ ސީނިއަރ މެނޭޖަރ ހެންރީ އެންގް އެވެ.
އެސްޓީއޯއިން ބުނެފައިވަނީ، ހެޔޮ އަގެއްގައި ލިބުމުގެ އިތުރުން، ނިޕޯންގެ މިޕެއިންޓް އެހެން ޕްރޮޑަކްޓްތަކާއި ތަފާތުވާ އެއް ސަބަބަކީ މިޕެއިންޓް 7 ލީޓަރު އަދި 20 ލީޓަރު ޕެކިންގައި ލިބެން ހުރުން ކަމަށެވެ. އެހެން ނިޕޮން ޕެއިންޓް ކުލަތައް ފަދައިން މި ޕެއިންޓަކީ މިކްސް ކުރަންނުޖެހޭ، ވަގުތުން ބޭނުންކޮށްލެވޭނެ ޕެއިންޓެކެވެ. އެހެންކަމުން، ކުލަލުމަށް ފަސޭހަވެ، މަސައްކަތައް ހޭދަވާ ވަގުތު ކުޑަކޮށްދޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.
ނިޕޮން ޕެއިންޓް މެޓެކްސްގެ ޕެއިންޓްތަކަކީ ސިމެންޓީ، ކޮންކްރީޓް، ސީލިންގ، ޕްލަސްޓަރ ވޯލް ފަދަ ތަންތަކުނައި ފަސޭހައިން ލެވޭ މެޓް ފިނިޝްއެއް ހުންނަ ޕެއިންޓްއެކެވެ. އޭގެ އިތުރުން މެޓެކްސްއަކީ ވޯޓަރ-ބޭސްޑް، އެއްވެސް ލީޑް އަދި މަރކިއުރީ އެއް ނުލާ އުފައްދަފައިވާ ޕެއިންޓްއެކެވެ.
މެޓެކްސް ކުލަތަކުގެ ގޮތުގައި އެސްޓީއޯއިން މިފަހަރު ތައާރަފު ކޮށްފައިވަނީ "ޝޭޑްސް އޮފް ވައިޓް" ގެ ކުލަތަކެކެވެ.
1955 ވަނަ އަހަރު އުފައްދާފައިވާ ނިޕޮން ޕެއިންޓް ކުންފުންޏަކީ އެކި ބޭނުންތަކަށް، އެކި ކޮލިޓީގެ ކުލަތައް ދުނިޔޭގެ ބާޒާރަށް ތައާރަފްކޮށްފައިވާ ކުންފުންޏެކެވެ. ދުނިޔޭގައި ފެންވަރުގައި ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ތައާރަފްކުރުމުގައި އެންމެ އިސްކަންދީފައިވަނީ ކޮންމެ ބޭނުމަކަށްވެސް ކޮލިޓީ ކުލަތައް ފޯރުކޮށްދިނުމާއި ތިމާވެއްޓާއި ރައްޓެހި އުފެއްދުންތަކެއް ފޯރުކޮށްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު