ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމްގެ ޒިންމާދާރުކަމާމެދު ޝައިޚް ޢަލީ ޒައިދު ސުވާލު އުފައްދައިފިއެވެ.
ޝައިޚް ޒައިދު މިމޭރުމުން ސުވާލު އުފައްދާފައިވަނީ އެއްޖިންސުން ގުޅުންހިންގި މައްސަލާގައި ހައްޔަރު ކޮށްފައިވާ ޤާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު ބަންދުން ދޫކޮށްލުމާ ގުޅިގެންނެވެ.
އެމީހުން ދޫކޮށްލުމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ތިން މީހުން ބަންދުން ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވުމަށްފަހު އިތުރަށް ބަންދުގައި ބައިތިއްބަން އެ އޮފީހަށް ނުފެންނަ ކަމަށް ނިންމުމުން ކަމަށެވެ.
އެކަމާ ގުޅިގެން ޒައިދު ވަނީ ޕީޖީ ޝަމީމްގެ ޒިންމާދާރު ކަމާމެދު ސުވާލު އުފައްދަވާފައެވެ.
ނާޒިމް ސައްތާރާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން މިމައްސަލާގައި ހައްޔަރު ކޮށްފައިވާ އަބްދުއްރަހުމާނަކީ، ލީކުވަމުންދާ ވީޑިއޯތަކުގެ މައްސަލާގައި ފުރަތަމަ ހައްޔަރު ކުރި ތިން މީހުންނެވެ. މި ތިން މީހުންގެ ބަންދުވެސް ވަނީ ދެފަހަރެއްގެ މަތިން އިތުރު ކޮށްފައެވެ.
ވީޑިއޯތަކުގެ މައްސަލާގައި އެތައް ބައެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވީ ނަމަވެސް އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފައެއް ނުވެއެވެ.

"ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ތިން މީހުން ބަންދުން ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވުމަށްފަހު އިތުރަށް ބަންދުގައި ބައިތިއްބަން އެ އޮފީހަށް ނުފެންނަ ކަމަށް ނިންމުމުން ކަމަށެވެ."
— Ali Zaid (@alizaid1000) August 12, 2022
މީތޯ ޕީޖީގެ ޒިންމާދާރު ކަމަކީ؟!
ނާޒިމް ސައްތާރާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން މިމައްސަލާގައި ހައްޔަރު ކޮށްފައިވާ އަބްދުއްރަހުމާނަކީ، ލީކުވަމުންދާ ވީޑިއޯތަކުގެ މައްސަލާގައި ފުރަތަމަ ހައްޔަރު ކުރި ތިން މީހުންނެވެ. މި ތިން މީހުންގެ ބަންދުވެސް ވަނީ ދެފަހަރެއްގެ މަތިން އިތުރު ކޮށްފައެވެ.
ވީޑިއޯތަކުގެ މައްސަލާގައި އެތައް ބައެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވީ ނަމަވެސް އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު