ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ދެ މަސް ބޯޓެއް އަތުލައިގެންފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން ބުނީ މި ދެބޯޓު އަތުލައިގަނެފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީން ކުރަމުންދިޔަ ޕެޓްރޯލެއްގެ ތެރެއިން މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

މި ދެ ބޯޓު އަތުލައިގަތީ ދިވެހިރާއްޖޭގެ ހާއްސަ އިޤްތިސާދީ ކަނޑުގެ ސަރަޙައްދުގައި ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ޝައްކުކުރެވިގެން ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.



މި ދެބޯޓާބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން