މިއަދު ބޭއްވި މ. ދިއްގަރާއި ތ. ގާދިއްފުށި ކައުންސިލްގެ ބައި އިލެކްޝަންގެ ދެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.
މ. ދިއްގަރާއި ތ. ގާދިއްފުށީގެ ބައި-އިލެކްޝަން ވޯޓްލުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ.
އެގޮތުން މ. ދިއްގަރު ކައުންސިލަށް މެމްބަރަކު އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އާރިފް ކާމިޔާބުކުރީ 375 ވޯޓު ހޯއްދަވައިގެންނެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރި އަބްދުލްހަންނާނަށް ލިބިފައިވަނީ 325 ވޯޓެވެ.
އެ ގޮނޑި ހުސްވީ ދިއްގަރު ކައުންސިލްގެ މެންބަރު އިބްރާހީމް ޚަލީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މީގެ އިތުރުން ތ. ގާދިއްފުށި ކައުންސިލުގެ އަންހެނުންނަށް ޚާއްސަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިޚާ އަޙުމަދެވެ. އޭނާ އިންތިޚާބު ކާމިޔާބުކުރީ 210 ވޯޓު ހޯއްދަވައިގެންނެވެެ. ޕީޕީއެމްގެ ފަރާތުން ވާދަކުރި ހައްވާ އަބްދުލްހާދީ އަށް ލިބިފައިވަނީ 201 ވޯޓެވެ. އަދި އެމްއާރްއެމްގެ ފަރާތުން ވާދަކުރި ފާޠިމަތު މަލްދާ އަށް ލިބިފައިވަނީ ހަތަރު ވޯޓް ކަމަށް ވަގުތީ ނަތީޖާ އިން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު