ފަތުރުވެރިން ޓްރާންސިޓްވުމަށް އޮންނަ އުސޫލު އާއްމުކޮށްދެއްވުމަށް އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް އެދިވަޑައިގެންފިއެވެ.
ފިރާޤު މިމޭރުމުން އެދިވަޑައިގަނެފައިވަނީ ރޭ ރާއްޖޭގައި ޓްރާންސިޓްކޮށް މިއަދު ދޯހާއަށް ފުރާގޮތަށް އައި 3 ފަތުރުވެރިންނަށް ކާންބޯނެ ގޮތެއްނެތި އެއަރޕޯޓު ޓަރމިނަލްގައި މިއަދު 9:45 އާ ހަމައަށް މަޑުކުރަންޖެހުމާ ގުޅިގެންނެވެ. ފިރާޤު ވިދާޅުވީ ދެދުވަހުން އެއްދުވަހު އެއަރޕޯޓުން އައު ވާހަކައެއް ދައްކަމުން ގެންދާ ކަމަށެވެ.
އެހެންކަމުން ކަނޑައެޅިފައި އޮންނަ އުސޫލު އާންމު އިއުލާނަކުން އެއަރލައިންތަކަށް އެންގުމުން ފަސެންޖަރުން ގަނަނުތަޅުވާ ފަރުޖެހޭނެ ކަމަށް ވިދާޅުވެ ފިރާޤުވަނީ ހިތްހަމަނުޖެހުން ފާޅުކުރަށްވާފައެވެ.
"ރާއްޖެއަށް ފަތުރުވެރިން ޓްރާންސިޓްވުމަށް އޮންނަ އުސޫލު އާއްމުކޮށް ދެއްވުމަށް ވަރަށް އަދަބުވެރިކަމާއެކު އިމިގްރޭޝަންގައި އެދެން. އަދި ކޮންމެ ދުވަހަކު ޤަވާއިދެއް އޮންނަގޮތްވީމާ ވަރަށް އުނދަގޫ." ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤު ވިދާޅުވިއެވެ.
ރާއްޖެއަށް އޮޕަރޭޓްކުރާ ބައެއް އެއާލައިންތަކުގެ ރާއްޖޭގެ އޭޖެންޓްގެ ގޮތުގައި ހަރަކާތްތެރިވާ އޭސް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ފިރާގު މީގެ ކުރިންވެސްވަނީ އެއަރޕޯޓްގައި ހުރި ބައެއް ކަންތައްތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.
ރާއްޖޭގެ ވައިގެ ބަނދަރަށް އަންނަ ބޯޓު ފަހަރާއި އަންނަ ފަސިންޖަރުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެފައިވާއިރު އެއަރޕޯޓުގެ އިންތިޒާމްތައް ވަރަށް ބޮޑަށް ދޯދިޔާކަމަށް ފިރާޤުގެ އިތުރުން ފަތުރުވެރިން ގެންނަ ގިނަ ފަރާތްތަކުންވެސް ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު