ފުލުހުންގެ މައި މަރުކަޒު؛ 11 އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި (ރަސް ފޮޓޯ)
ފުލުހުންގެ މައި މަރުކަޒު؛ 11 އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި (ރަސް ފޮޓޯ)
މާލޭ ގެސްޓުހައުސް އެއްގެ ތެރޭގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ގެސްޓުހައުސް އެއްގެ ތެރޭގައި 11 އަހަރުގެ ކުޑަ އަންހެންކުއްޖަކު ރޭޕް ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ ކުއްޖާ ރޭޕްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން 11 އަހަރުގެ ކުޑަ ކުއްޖާ ރޭޕް ކުރި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ކުރިން ބުނެފައިވަނީ މާލޭގެ ގެސްޓް ހައުސްއެއްގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު އަވަސްކޮށް ހަރުކަށި އަދަބު ދިނުމަށް އިދިކޮޅު ކޯލިޝަނުން  ވަނީ ގޮވާލާފައެވެ. އެކަން ކުށްވެރިކޮށް މިއަދު އިދިކޮޅު ކޯލިޝަންގެ ފަރާތުން ނެރުނު ބަޔާނުގައި މިކަމުގައި އިސްކޮށް އުޅުނު މީހާ އާއި އަދި މިކަމުގައި އިތުރު އެއްވެސް ބަޔަކު އެހީތެރިވެފައިވާނަމަ، އެބަޔަކު ހޯދާ، ތަޙުޤީޤު އަވަސްކޮށް ޤާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން