ހުޅުމާާލޭގައި ހިންގާ ފިހާރައެއް (ރަސް ފޮޓޯ)
ހުޅުމާާލޭގައި ހިންގާ ފިހާރައެއް (ރަސް ފޮޓޯ)
މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުއްދަ ނުނަގައި ވިޔަފާރި ކުރެވޭނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފިއެވެ. އެމިނިސްޓްރީން ބުނީ މިހާރުވެސް އޮތް ގޮތަށް މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ލޮކްޑައުންގެ ހާލަތުގައި ނެގި އުސޫލުން ވިޔަފާރި ކުރުމުގެ ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ.

ވިޔަފާރި ހުއްދަ ހޯދުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި ގުޅޭ ގޮތުން އިކޮންމިކް މިނިސްޓްރީ އިން ސަރުކާރުގެ ގެޒެޓްގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު 14 ޖޫން 2020 ގެ ނިޔަލަށް އިތުރުކުރުމާއެކު، މިހާތަނަށް ވިޔަފާރިކުރުމުގެ ހުއްދަ ނަގާފައިނުވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަރމިޓް ޕޯޓަލް މެދުވެރިކޮށް ހުއްދަ ނެގުމަށްފަހު ވިޔަފާރިކުރެވޭނެ ކަމަށެވެ.

އެގޮތުން މުދާ ވިއްކާ ވިޔަފާރިތަކުން ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރުމަށާއި، ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކެފިޓީރިއާ ފަދަ ތަންތަނުން، ކާބޯތަކެތި ޑެލިވަރކުރުމަށާއި،ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން ދޭ ޚިދުމަތްތަކުގެ ތެރެއިން، ޓެއިލަރޝޮޕް، ރިޕެއަރ އެންޑް މެއިންޓަނަންސް ފަދަ ޚިދުމަތްތައް ދިނުން މީގެއިތުރުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ހިންގާ އޮފީހުގައި މަސައްކަތްކުރުމަށް ހުއްދަ ދެވޭނެ ކަމަށް އިކޮންމިކް މިނިސްޓްރީ އިން ބުނެއެވެ.

މިމުއްދަތުގެ ތެރޭގައި، ވިޔަފާރިކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ، ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ. ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވަނީ، ހެނދުނު 9:00 އިން މެންދަމު 12:00 އަށް ކަމަށް އިކޮންމިކް މިނިސްޓްރީ އިން ބުނެއެވެ.

15 ޖޫން 2020 ވަނަ ދުވަހުން ފެށިގެން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތަށް ރިޢާޔަތްކޮށް ލުއި ދިނުމުން، އިތުރު ހުއްދައެއް ނުނަގާ، ވިޔަފާރިކުރުމަށް ހުޅުވާލެވޭނެ ކަމަށް ވެސް އިކޮނަމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. ވިޔަފާރިކުރުމުގެ ހުއްދަ ލިބޭ ހުރިހާ ފަރާތްތަކުންވެސް، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އެދޭ ކަމަށާއި، އަދި އެއްވެސް މަޢުލޫމާތެއް އޮޅުންފިލުވަން ބޭނުންވާނަމަ 1691 އަށް ގުޅުމަށް އެދޭ ކަމަށްވެސް އިކޮންމިކް މިނިސްޓްރީ އިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން