ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހެކިބަސްނެގުމަށް މިއަދަށް ތާވަލުކުރި އަޑުއެހުން ކުރިއަށް ނުގެންގޮސް ނިންމާލައިފިއެވެ.
މިއަދުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ ހެނދުނު 09:30 އަށެވެ. މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިއޮތީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ.
މިއަދުގެ އަޑުއެހުން ފެށުމާއެކު މައްސަލަ ރައްދުވާ ޔޫސުފް ނައީމްގެ ވަކީލު ހަމްޒާ ލަތީފް ވަނީ ޒިޔަތުގެ ހެކިބަސް ނަގާދުވަހު އަދީބުގެ ހެކިބަސްވެސް ނެގުމަށް އެދިވަޑައިގެންފައެވެ. ހަމްޒާ ލަތީފް ވިދާޅުވީ، އެއްކަމަކާއި ގުޅިގެން 2 ފަރާތަކުން ހެކިބަސްދޭއިރު، އަބްދުﷲ ޒިޔަތާއި އަހުމަދު އަދީބުގެ ހެކިބަސް ދެ ދުވަހަކު ނަގައިފިނަމަ އެކަކުގެ ހެކިބަހަށް ބަލައި، އަނެކަކުގެ ހެކިބަސް ފަރުމާ ކޮށްފާނެ ކަމަށެވެ. ވުމާއެކު، ޔޫސުފް ނައީމްގެ ވަކީލު ވަނީ އެ ދެ ހެކިންގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް އެދިވަޑައިގެންފައެވެ.
ހަމްޒާގެ ހުށައެޅުއްވުމަށް ތާޢީދު ކުރަށްވަމުން ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވީ އަދީބާއި ޒިޔަތުގެ ހެކިބަސް އެއްދުވަހެއްގައި ނެގުމަށްއެދި އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ސިޓީއެއް ހުށައަޅާފައިވާނެކަމަށެވެ.
ދަޢުވާ ރައްދުވާ ދެފަރާތުގެ އެހުށައެޅުމާ ގުޅިގެން ދައުލަތުން ބުނެފައިވަނީ އެ ދެ ހެކިންގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމާއި މެދު ދައުލަތުގެ އިއުތިރާޒު ނުކުރާކަމަށެވެ.
މި މައްސަލާގައި މިހާރު ކުރިއަށްގެންދާ ހެކިބަސްނެގުމުގެ މަރުޙަލާގައި މިހާތަނަށް ނަގާފައިވަނީ 5 ހެކިވެރިއެއްގެ ހެކިބަހެވެ. އަދި މިމަހުގެ 30 ވަނަ ދުވަހު އަދީބާއި ޒިޔަތުގެ ހެކިބަސްނެގުން ކުރިއަށް ގެންދަވާނެކަމަށް ޤާޟީ ޝަކީލް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީއާއި ޔޫސުފް ނައީމާއި ދެމެދު ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމުގެ އަތުން، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު