އައްޑޫ ސިޓީ ގަން؛ މާލެއިން ރަށުކަރަންޓީނަށް ދާ މީހުން ގެއިން ނުކުމެ އުޅުން މިހާރު ވަނީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ބަދަލުކޮށްފައި
އައްޑޫ ސިޓީ ގަން؛ މާލެއިން ރަށުކަރަންޓީނަށް ދާ މީހުން ގެއިން ނުކުމެ އުޅުން މިހާރު ވަނީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ބަދަލުކޮށްފައި
މާލެ އިން އަތޮޅުތަކަށް ދަތުރު ކުރާ މީހުން ކަރަންޓީން ކުރާ ދުވަހުން ފެށިގެން ކަރަންޓީން މުއްދަތު ހަމަވަންދެން ކަރަންޓީން ކުރާ މީހާއަށް ވެސް އަދި އެގޭގެ އެހެން މީހުންނަށް ވެސް ގެއިން ބޭރަށް ނުނިކުމެވޭގޮތަށް އޮތް އުސޫލަށް ބަދަލުކޮށް ކަރަންންޓީން ކުރާ ގެއިން ބޭރަށް ނުކުމެ އުޅުމުގެ އިހުތިޔާރުދީ ބޮޑެތި ލުއިތަކެއް ދީފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކުރި އާއުސޫލުގައި ބުނެފައިވަނީ ގޭގައި ކަރަންޓީނު ކުރާ މީހާ، ކަރަންޓީނު ކުރާ މުއްދަތުގައި ގެއިން ބޭރަށް ނުކުތުން އެދެވިގެންނުވާ ކަމަށެވެ. ކުރިން އާންމުކުރި އުސޫލުގައި އޮތީ ކަރަންޓީނު ކުރާ މުއްދަތުގައި ގެއިން ބޭރަށް ނުކުތުން މުޅިން މަނާކޮށްފައެވެ. ގޭގައި ދިރިއުޅޭ އެހެން މީހުން ކޮންމެހެން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި އެހެން ގޭގެއަށް ޒިޔާރަތް ނުކުރުމާއި އެހެންމީހުންނާ އެއްވެ ނޫޅުން މުހިއްމު ކަމަށް އާއުސޫލުގައި ބުނެފައިވެއެވެ.

ކުރިން އާއްމު ކޮށްފައި އޮތް އުސޫލު ބުނާ ގޮތުގައި މީހަކު ގޭގައި ކަރަންޓީން ކޮށްފިނަމަ އެގޭގެ އެއްވެސް މީހަކަށް ގެއިން ބޭރަކަށް ނުނިކުމެވޭނެއެވެ. މާލޭގައި ތިބި މީހުން ރަށަށް ގޮސް ގޭގައި ކަރަންޓީން ވުމުގެ އުސޫލަށް މިރޭ ގެނެސްފައިވާ މައިގަނޑު ބަދަލަކީ ގެއިން ބޭރަށް ނުކުތުން ކުރިން މަނާކޮށްފައި އޮތް އޮތުން އެއީ އިހްތިޔާރީ ކަމެއްގެ ގޮތުގައި ހަމަޖެއްސުން ކަން ފާހަގަކޮށްލެވެއެވެ.

އުސޫލުގައި ހިމެނޭ އިތުރު ކަންކަމަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މާލޭ އިން ރަށްރަށައް ކަރަންޓީނަށް ފޮނުވާމީހުން ކަރަންޓީނު ކުރާނީ 24 ދުވަހުގެ މުއްދަތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން