ކުޜީގެ ހައުސިން މިނިސްޓަރ ޑރ.މުއިއްޒު ފުލުހުންގެ އިދާރާގެ  ބޭރުގައި މަޑުކޮށްލައިގެން
ކުޜީގެ ހައުސިން މިނިސްޓަރ ޑރ.މުއިއްޒު ފުލުހުންގެ އިދާރާގެ ބޭރުގައި މަޑުކޮށްލައިގެން
ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ހިންގާ ޖިނާއީ ތަހުގީގާ ގުޅިގެން މިރޭ ދެވަނަ ފަހަރަށް އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާނެއް ނަގައިފިއެވެ.

މާލޭގެ މޭޔަރު ކަމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ޑރ.މުހަންމަދު މުއިއްޒު މިރޭ 8:15 އަށް ފުލުހުންގެ އިދާރާ އަށް ވަޑައިގެންނެވީ އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުންނާއެކުގައެވެ. ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގަތުމަށްފަހު މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ ފުލުހުން ގިނަ ތުހުމަތުތަކެއް އޭނާގެ މައްޗަށް ކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ތުހުމަތާއި ދައުލަތުގެ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތު ކުރާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ޑރ. މުއިއްޒު ފުލުސް އޮފީހަށް ހާޒިރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭގައެވެ. މުއިއްޒުގެ މައްޗަށް ތުހުމަތުކުރަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި އަމަލުކުރެއްވި ގޮތާ ގުޅޭ މައްސަލައެވެ. މީގެ އިތުރުން މަޖިލީހުގެ ކޮމެޓީއަކަށް އެމައްސަލައިގައި މުއިއްޒު ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތުކޮށް މަޖިލީހުގެ އިދާރާއިން އެމައްސަލަ ފުލުހުންނަށް ވަނީ ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން