ރައްޔިތުންގެ އަތަށް ވޯޓު ކަރުދާސްކޮޅު ލިބޭނީ ރިޔާސީ ނިޒާމުގައި ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން ކާނަލް ނާޒިމް ރޭ ވިދާޅުވީ އަބަދުވެސް ތާއިދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ނުލިބެނީ ބާރުތައް މަސްހުނިވެފައިވާ ބަރުލަމާނީ ނިޒާމު ނެތިގެނެއްް ނޫން ކަަމަށް ނާޒިމް ވިދާޅުވިއެވެ.
"ރިޔާސީ ނިޒާމަކީ ބާރުތައް ޖަވާބުދާރީކޮށް ސަރުކާރުގެ އެންމެ އިސްވެރިޔާ ހޮވަން ރައްޔިތުންގެ އަތަށް ވޯޓު ކަރުދާސްކޮޅު ލިބޭ ނިޒާމް،" 2023ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ނާޒިމް ވިދާޅުވިއެވެ.
ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނުއަސާސީއަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތަކާ އެކު އެމްޑީޕީގެ ކޮންގްރެސް އަށް ގަރާރެއް ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވައިފަ އެވެ. އަދި އެ ގަރާރު އިއްޔެ ވަނީ އާންމު ކުރައްވައިފަ އެވެ. ނަމަވެސް އެ ހުށައެޅުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް ވަނީ ތާޢީދު ނުކުރައްވާކަން ހާމަކުރަށްވާފައެވެ.
ރާއްޖޭގައި މިހާރު މިއޮތް ރިޔާސީ ނިޒާމަކީ 2007 ވަނަ އަހަރު ރައްޔިތުންގެ ސީދާ ވޯޓުން ވެރިކަން ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ނިޒާމެވެ. އާޤާނޫނުއަސާސީ އެކުލަވާލުމަށް މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ނެގުނު ނިޒާމީ ވޯޓުގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫންގެ ތާޢީދާއެކު ރިޔާސީ ނިޒާމަކަށް 95،619 ރައްޔިތުން ވޯޓު ދީފައިވެއެވެ. އަދި އިދިކޮޅު އެމްޑީޕީން ވަކާލާތު ކުރަމުންއައި ބަރުލަމާނީ ނިޒާމަށް ވޯޓު ދީފައިވަނީ 58،504 ރައްޔިތުންނެވެ.

އަބަދުވެސް ތާއިދު ކުރަނީ ރިޔާސީ ނިޒާމަށް. ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ނުލިބެނީ ބާރުތައް މަސްހުނިވެފައިވާ ބަރުލަމާނީ ނިޒާމު ނެތިގެނެއްް ނޫން.
— Mohamed Nazim MP (@nazim7878) August 15, 2022
ރިޔާސީ ނިޒާމަކީ ބާރުތައް ޖަވާބުދާރީކޮށް، ސަރުކާރުގެ އެންމެ އިސްވެރިޔާ ހޮވަން ރައްޔިތުންގެ އަތަށް ވޯޓު ކަރުދާސްކޮޅު ލިބޭ ނިޒާމް.
ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނުއަސާސީއަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތަކާ އެކު އެމްޑީޕީގެ ކޮންގްރެސް އަށް ގަރާރެއް ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވައިފަ އެވެ. އަދި އެ ގަރާރު އިއްޔެ ވަނީ އާންމު ކުރައްވައިފަ އެވެ. ނަމަވެސް އެ ހުށައެޅުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް ވަނީ ތާޢީދު ނުކުރައްވާކަން ހާމަކުރަށްވާފައެވެ.
ރާއްޖޭގައި މިހާރު މިއޮތް ރިޔާސީ ނިޒާމަކީ 2007 ވަނަ އަހަރު ރައްޔިތުންގެ ސީދާ ވޯޓުން ވެރިކަން ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ނިޒާމެވެ. އާޤާނޫނުއަސާސީ އެކުލަވާލުމަށް މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ނެގުނު ނިޒާމީ ވޯޓުގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫންގެ ތާޢީދާއެކު ރިޔާސީ ނިޒާމަކަށް 95،619 ރައްޔިތުން ވޯޓު ދީފައިވެއެވެ. އަދި އިދިކޮޅު އެމްޑީޕީން ވަކާލާތު ކުރަމުންއައި ބަރުލަމާނީ ނިޒާމަށް ވޯޓު ދީފައިވަނީ 58،504 ރައްޔިތުންނެވެ.
ކިޔުންތެރިންގެ ހިޔާލު