ހެންވޭރު ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު މައްސަލާގައި ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރީގެ ގޮތުގައި ހުރި ލުތުފީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާއެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފައިވާ މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.
ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލި މައްސަލާގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ލުތުފީ ފިލާފައިވަނީ 2010 ވަނަ އަހަރު ބޭސް ފަރުވާއަށް ފޮނުވުމުންނެވެ. ނުވަ އަހަރު ދުވަހު ފިލައިގެން އުޅުނު ލުތުފީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ އަހަރު ލަންކާގައި ބޮން ގޮއްވި ހާދިސާތަކާއި ގުޅިގެން ވިސާނެތި ދިރިއުޅެމުންދިޔަ މީހުން ހައްޔަރުކުރަން ފެށުމުން ހިމާޔަތް ހޯދުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގޮސް އުޅެނިކޮށެވެ.
އެމްބަސީގައި ހުއްޓާ ލުތުފީ މާލެ ގެނެސް ޖަލަށްލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ލުތުފީގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ، ބަލިވެގެން ބޭސްކުރުމަށް ދިޔުމަށް ދޫކޮށްފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓްގެ ދަށުން 16 ޖެނުއަރީ 2010 ގައި އިންޑިއާއަށް ދިޔުމަށްފަހު 1 މެއި 2019 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އިދާރާއަކަށް އެންގުމަކާއި ނުލާ ފިލައިގެން އުޅެފައިވާކަމަށެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަދުވަހު ލަންކާގެ ކުލީ ސިފައިން ގޮވައިގެން ރާއްޖެ އަރާ ކުށެއް ނެތް 19 ދިވެހިން ޝަހީދުކޮށްލި މައްސަލާގައި ލުތުފީގެ މައްޗަށް އިއްވާފައިވަނީ، މަރުގެ ޙުކުމެވެ. ނަމަވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ ފަހުން ވަނީ އެ ޙުކުމް ޢުމުރު ދުވަހުގެ ޖަލު ޙުކުމަކަށް ބަދަލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު