އެސްޓީއޯގެ އޭޖެންޓުންގެ ގޮތުގައި ރަށްރަށުގައި 320 ފަރާތެއް މަސައްކަތް ކުރަމުންދާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އެސްޓީއޯގެ އޭޖެންޓުންނަކީ އެސްޓީއޯއިން ގެނެސް ވިއްކާ މުދާ މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގެ ރަށްތަކުންވެސް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަނޑައަޅާފައިވާ ބައެކެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، އެސްޓީއޯގެ ސްޕަމާރކެޓް އެޖެންޓުންގެ ގޮތުގައި މިހާރު 150 ފަރާތެއް އަދި ކޮންސްޓްރަކްޝަން އެޖެންޓުންގެ ގޮތުގައި 170 ފަރާތަކުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
އަމްރު ވިދާޅުވީ އެސްޓީއޯއިން ބޭނުންވަނީ އެސްޓީއޯގެ ފިހާރައެއް ނެތަސް އެސްޓީއޯގެ ފިހާރަ ރަމްޒުކޮށްދޭ ނުވަތަ ރެޕްރެޒެންޓްކުރާ ވިޔަފާރިއެއް ރަށްރަށުގައި ހުންނަންކަމަށެވެ. އަދި ރަށްރަށުގެ ހުންނަ އެސްޓީއޯގެ އޭޖެންޓް ފިހާރަތައް އެނގޭނެފަދަ ބޯޑެއްވެސް ހުންނާނެކަމަށް ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވިއެވެ.
އެސްޓީއޯއިން ބުނީ އެޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިއެއް ހިންގާ ފަރާތްތައްކަމަށެވެ.
އެސްޓީއޯއިން އަންނަނީ އެކުންފުނީގެ ވިޔަފާރި ފުޅާކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުދާ ގަނެވިއްކުމުގެ އިތުރުން ބެންކިންގ އަދި ޝިޕިންގެ ވިޔަފާރީގައި ކުރިއެރުމަށްވެސް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު