މާލެސިިިިޓީ ލޮކްޑައުންގައި؛ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންގެ ހާލަތަށް ބަދަލުގެނަސް ބޮޑެތި ލުއިތަކެއް ދޭނެ
މާލެސިިިިޓީ ލޮކްޑައުންގައި؛ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންގެ ހާލަތަށް ބަދަލުގެނަސް ބޮޑެތި ލުއިތަކެއް ދޭނެ
މާލޭގައި ތާށިވެފައި ތިބި މީހުންނާއި ދިރިއުޅޭ މީހުންގެ ތެރެއިން އެ މީހުންގެ އުފަން ރަށަށް ނުވަތަ ދިރިއުޅޭ ރަށަށް ގޮސް ގޭގައި ކަރަންޓީން ވެގެން ތިބޭއިރު ބޭރަށް ނުކުމެގެން ނުވާނެ ކަމަށް އޮތް އޮތުން ރޭ ބަދަލުކުރުމަށް ފަހު، އަނެއްކާ ވެސް އިހު އޮތް ގޮތަށް ބޭރަށް ނުކުތުން މަނާކޮށް އުސޫލު މިއަދު އިސްލާހު ކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ ނެރުނު އިސްލާހުގައި ބުނެފައިވަނީ ގޭގައި ކަރަންޓީނު ކުރާ މީހާ، ކަރަންޓީނު ކުރާ މުއްދަތުގައި ގެއިން ބޭރަށް ނުކުތުން އެދެވިގެން ނުވާ ކަމަށެވެ. ކުރިން އޮތީ ގެއިން ބޭރަށް ނުކުތުން މުޅިން މަނާކޮށްފައެވެ. ނަމަވެސް އެކަން އިސްލާހްކޮށް މިއަދު ނެރުނު އުސޫލުގައި ބުނެފައި ވަނީ، ގޭގައި ކަރަންޓީން ކުރާ މީހުން، ކަރަންޓީން މުއްދަތުގައި ގެއިން ބޭރަށް ނުކުމެގެން ނުވާނެ ކަމަށެވެ.

ފަހުން ނެރުނު އުސޫލުގައި ބުނެފައި ވަނީ، ގޭގައި ދިރިއުޅޭ އެހެން މީހުން ކޮންމެހެން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި އެހެން ގޭގެއަށް ޒިޔާރަތް ނުކުރުމާއި އެހެންމީހުންނާ އެއްވެ އުޅެގެން ނުވާނެ ކަމަށެވެ. އަދި ކޯވިޑް-19 އަށް ފައްސިވެފައިވާ މީހެއްގެ ޑައިރެކްޓް ކޮންޓެކްޓުން ކަރަންޓީނު ކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލު ކުރަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މިއީ މި އުސޫލު އާއްމު ކުރި ފަހުން އިސްލާހު ގެނައި ދެވަނަ ފަހަރު ކަމަށްވާތީ މިއޮތީ ޕަބްލިކް ހެލްތު ޑިރެކްޓަރ ޖެނެރަލަށް ވަރަށް ބޮޑަށް އޮޅިވަޑައިގެންފައި ކަމަށް ގަބޫލުކުރެވެއެވެ.

މާލެ އިން ރަށްރަށައް ދާމީހުން ކަރަންޓީނު ކުރަނީ 24 ދުވަހުގެ މުއްދަތަށެވެ. ރަށަށް ގޮސް ގޭގައި ކަރަންޓީނުވުމަށް ޝަރުތު ހަމަވާނީ ބަލީގެ އަލާމާތެއް ނެތް ނަމައެވެ. ރަށަށް ދާން ބޭނުންވެގެން އެ ރަށެއްގެ ކައުންސިލްގައި ރަޖިސްޓަރީ ކުރުމުން އެ މީހަކު ގޮސް ކަރަންޓީންވެގެން ހުންނަ ގެއަކީ އުސޫލަށް ފެތޭ ތަނެއްތޯ ބަލާނީ ޕަބްލިކް ހެލްތު ޔުނިޓާއި އެ ރަށެއްގެ ކައުންސިލް ގުޅިގެންނެވެ.

ކައުންސިލުން އެކަން ޔަގީންކުރުމަށް ފަހު ފުރަންޖެހޭ ފޯމު، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވުމުން، އެދޭ ތަރުތީބުން އެ ބަޔަކު ރަށްރަށަށް ގެންދިއުމުގެ އިންތިޒާމު ކަމާބެހޭ ފަރާތްތަކުން ހަމަޖައްސަން ޖެހޭނެ ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ސާލިހު

16-Jun-2020

ކޮވިޑު ޖެހުނުމީހުންނައްވުރެން ނުޖެހޭމީހުންގެއަދަބުމާބޮޑު ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ



ޓްރެންޑިން