ޒަހީނުއްދީން ސަޢީދު   13 ޖޫން 2020 - 23:59
އެމްއާރުއެމްގެ ކައުންސިލް މެމްބަރު އަދި މިސަރުކާރުގެ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން
އެމްއާރުއެމްގެ ކައުންސިލް މެމްބަރު އަދި މިސަރުކާރުގެ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން
ވެރިކަން ކުރާ އެމްޑީޕީ އިން އުޅެނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބިނާކުރި ހިޔާ ފްލެޓުތައް ވަކިބަޔަކަށް ދޭން ކަމަށް ރައީސް މައުމޫން އިސްވެ ހުންނަވައި އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމެންޓު،  އެމްއާރުއެމުން ބުނި ކަމަށް ދެކެވޭ ވާހަކަ އެޕާޓީން ދޮގުކޮށްފިއެވެ.

އެމްއާރުއެމްގެ ކައުންސިލް މެމްބަރު އަދި މިސަރުކާރުގެ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ އިން އުޅެނީ ކުރީގެ ރައީސް، ރައީސް ޔާމީންގެ ވެރިކަމުގައި ބިނާކުރި ހިޔާ ފްލެޓުތައް ވަކިބަޔަކަށް ދޭން ކަމަށް އެޕާޓީން ބުނިކަމަށް ދެކެވޭ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އެމްއާރުއެމްގެ އޮފިޝަލަކާއި ހަވާލާދީ ބައެއް މީޑިޔާތަކުގައި ބުނެފައިވަނީ ހައުސިން މިނިސްޓްރީ އުވާލީ އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހިމެނޭތީ ކަމަށެވެ. މިގޮތުން ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 7000 ފްލެޓު ދިނުމުގައި ސަރުކާރުން އަމަލުކުރަނީ ސުވާލު އުފެދޭ ގޮތަކަށް ކަމަށާއި، އަދި އާތިފާ އާއި މެދު ސަރުކާރުން ނުރުހުން އޮތީ، އެ މަޝްރޫއާއި ގުޅިގެން ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް އޭނާ ދެކޮޅު ހެދުމުން ކަމަށްވެސް އެ އޮފިޝަލާއި ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ޔުމުނާ އަކީ ރައީސް މައުމޫނާއެކު މި ސަރުކާރު ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޙައުސިން މިނިސްޓަރު އާތިފާ އިސްތިއުފާ ދެއްވުމުން ރައީސް ސޯލިހް ވަނީ އެ މިނިސްޓްރީ އުވާލައްވައި މިނިސްޓްރީގެ މަސައްކަތް ޕުލޭނިންގ މިނިސްޓްރީގެ ދަށައް ބަދަލުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-7

އަޅުގަނޑު

16-Jun-2020

މިހާރު އެއްބަޔަކު ނުދައްކާ ވާހަތައް ފަތުރައިގެން އެކަކު އަނެކަކަށް ޖައްސުވާ ބަޔަކުވެސް އުޅެނީއޭ ބުނެވޭނީ !


2

ފާތުމަ

16-Jun-2020

ބުނިއްޔާ ވާނީ ކީއްތަ ބިރުން ތހިއުޅެނީ


24

ގޮޅާ

16-Jun-2020

ވަޒީފާ ގެއްލިދާނެތީ ބިރުގަތީ އަމިއްލަ އެދުމުން ފޯވިޔަސް ފުކެއް ބޮޑުވަރުތީ.


8

ާއަޙުމަދު ލަތީފް

16-Jun-2020

މަޤާމުން ވަކިކުރަންދެން ދޮގަކަައް ވާނީ ވަކިކުރީމަ ތެދަކައްވާނެ. ބަލަންތިބޭ..



ޓްރެންޑިން