ގެސްޓުހައުސްތައް މިހާރަށް ވުރެ ބޮޑަށް މޮނީޓަރކޮށް ބަލަހައްޓަން ޖެހޭ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި 11 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރި މައްސަލަ މިހަފުތާގައި ފެންމަތިވެފައިވާއިރު 16 އަހަރުގެ އަންހެންކުއްޖަކު އޮޅުވާލައިގެން މާލެ ގެނެސް ގެސްޓްހައުސް އެއްގައި ބަހައްޓައިގެން އެކުއްޖާ ބުލެކްމެއިލް ކޮށް ރޭޕް ކުރި މައްސަލަ އެއް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ފެންމަތިވެފައެވެ. އެ ދެމައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް ފުލުހުން މިހާރު ވަނީ ތަހުގީގް ފަށާފައެވެ.
އެކަމަށް އިޝާރަތް ކުރައްވައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގެސްޓް ހައުސްތައް މިހާރަށް ވުރެ ރަނގަޅަށް މޮނީޓަރ ކުރެވެންޖެހޭ ކަމަށެވެ. ބެލެނިވެރިޔަކާއި ނުލައި ކުޑަކުދިން ގެސްޓް ހައުސްއަކަށް ވެއްދިގެން ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިފަހުން ރޭޕް ކޭސް ހިންގި ދެ ގެސްޓް ހައުސް ބަންދުކުރުމަށް ވެސް ޝަރީފް ގޮވާލެއްވިއެވެ.
"އަޅުގަނޑުމެންގެ ޅަދަރިން ހިމާޔަތްކުރެވެން ޖެހޭނެ" ދާދިފަހުން ކުޑަ ދެ އަންހެންކުދިން ރޭޕް ކުރި މައްސަލަ އަށް އިޝާރަތް ކުރައްވަމުން ޝަރީފް ވިދާޅުވިއެވެ.
11 އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު ގެސްޓް ހައުސްއެއްގެ ތެރޭގައެވެ. ފުލުހުން ބުނީމާލޭގެ ގެސްޓް ހައުސްއެއްގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އަނިޔާ ލިބިފައިވާ ކުއްޖާއަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގުޅުން ހުރި އިދާރާތަކާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަަމަށެވެ. އަދި އަނިޔާ ލިބިފައިވާ ކުއްޖާ ރައްކާތެރި މާހައުލަކަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މިހާރު ވަނީ އެމައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދައިދިނުމަށް ޕީޖީގެ ކިބައިން އެދިފައެވެ. ދާދި ފަހުން މާލެ ސިޓީގައި ގެސްޓް ހައުސްއެއްގައި 18 އަހަރު ނުފެރޭ ކުޑަ ދެ އަންހެން ކުދިން ރޭޕްކޮށްފައިވާއިރު، މިކަންތައް ވެގެން ދަނީ ރަނގަޅަށް ގެސްޓް ހައުސްތައް ނުބެލޭތީ ކަމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން، (އާކް) އިން ވެސް މިއަދު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު