މާލެ މަތިން ފެންނަ މަންޒަރެއް؛ މޫސުން ގޯސްވެ މާލެ ސަރަހައްދުގައި ވަނީ ވައިގަދަވެފައި
މާލެ މަތިން ފެންނަ މަންޒަރެއް؛ މޫސުން ގޯސްވެ މާލެ ސަރަހައްދުގައި ވަނީ ވައިގަދަވެފައި
މޫސުން ގޯސްވެ ގަދަވަޔާއެކު، މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ފާރު ވެއްޓިއްޖެއެވެ.

ގ. ރަތްވިލާ ގޯޅީގައި ހަދަމުން ދިޔަ އިމާރާތެއްގެ ފާރު ވެއްޓޭ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލް ވެފައެވެ. އެ ފާރު ވެއްޓުމުގެ ސަބަބުން އެގެއާއި ކައިރީގައި ހުރި ގޭގޭގެ ފުރާޅަށް ވަނީ ގެންލުންތަކެއް ލިބިފައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން މިހާރު ކުރަމުންދާ ވިއްސާރާގައި ހުޅުމާލޭ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަތީގައި ޖަހާފައިވާ ޓިނުގަނޑެއްވެސް ވަނީ ވަޔާ އެއްލާލާފައެވެ.

އަދި މިއަދު ހަވީރު ގއ. ގެމަފުއްޓަށް ދަތުރުކުރަމުން ދިޔަ އެރަށު ލޯންޗެއްވެސް ވަނީ ބަންޑުން ޖަހާލާފައެވެ. އެލޯންޗުން ދަތުރުކޮށްފައިވަނީ އެންމެ މީހެއް ކަމަށާއި، ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ، އިލްތިމާސް ކޮށްފައެވެ. މެޓް އޮފީހުން ލަފާކޮށްފައިވަނީ، ރާއްޖެއަށް ގަޑިއަކު 25 މޭލާއި 30 މޭލު ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން