ގދ ރަތަފަންދޫގައި މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި އަންހެން މީހާ މިއަދު ފަތިހު ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި އަންހެން މީހާގެ ހަށިގަނޑުގެ 50 އިންސައްތައަށްވުރެ ބޮޑުބައެއް ވަނީ ފިހިފައެވެ. އެމީހާއަށް ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދީފައިވެއެވެ.
މިހާދިސާ ހިނގާފައިވަނީ، ގޭސް ލީކު ވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ޙާދިސާގައި ނިޔާވީ ޢުމުރުން 53 އަހަރުގެ އައިމިނަތު އަބްދުލް ޙަމީދެވެ.
މިޙާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން މިހާތަނަށް ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު